ކުޅިވަރު ފުޓްބޯޅަ

ލޯބިވެރިޔާ ވިއްސުމަށްފަހު ފޮޑެން އެނބުރި ޓީމަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނަ އިނގިރޭސި ފުޓްބޯޅަ ޓީމުގެ ތަރި، ފިލް ފޯޑެން އޭނާގެ ލޯބިވެރިޔާ ރެބެކާ ކުކް ވިއްސުމަށްފަހު އަނެއްކާ އެނބުރި ގައުމީ ޓީމާ ގުޅިއްޖެއެވެ.

Ads by Sosun Fihaara

ފޯޑެން އޭނާގެ ދަރިފުޅު ވިހާތަނަށް ގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. އިނގިރޭސި އެފްއޭއިން ވަނީ އޭނާއަށް ބުދަ ދުވަހުން ފެށިގެން އާއިލީ ޒިންމާ ދީފައިވާކަމަށް ބުނެފައެވެ.

ފޯޑެންއަށް މި ލިބުނު ދަރިފުޅާއެކު އުމުރުން 23 އަހަރުގެ ކުޅުންތެރިއާއަަށް ވަނީ ތިން ކުދިން ލިބިފައެވެ. ފޯޑެންއާއި އޭނާގެ ލޯބިވެރިޔާގެ 5 އަހަރުގެ ފިރިހެން ދަރިއަކާއި 3 އަހަރުގެ އަންހެން ކުއްޖަކު ހުރެއެވެ.

ފޯޑެން ވަނީ ގްރޫޕްސްޓޭޖުގައި އިނގްލެންޑު ކުޅުނު ތިން މެޗުގައި ވެސް ފުރަގަމަ 11 ގައި ހިމެނިގެން ކުޅެފައެވެ.

ފޯޑެން އެހާ އަވަހަށް ޓީމާ ގުޅުނީ ގަދަ 16 ގައި އާދިއްތަ ދުވަހުގެ ރޭ ސްލޮވާކިއާއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗުގައި ބައިވެރިވުމަށެވެ.

ނަމަވެސް އެ މެޗަށް އެ ޓީމުން ކުރި ހުރިހާ ފަރިތަކުރުންތަކުގައި ފޯޑެން ބައިވެރިވެފައި ނުވާތީ އެ ޓީމުގެ ކޯޗު ގެރީ ސައުތުގޭޓް ނަގާ ފުރަތަމަ 11 ގައި ފޯޑެން ހިމެނިދާނެތޯ ގިނަ ބަޔަކު ސުވާލުއުފައްދައެވެ.

  1. އިންގްލެންޑް ދެވަނަ ބުރަށް ދިޔައީ ގްރޫޕް ސީގެ އެއްވަނަ ޓީމުވެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު އެ ޓީމަށް ވަނީ ފަސް ޕޮއިންޓު ލިބިފައެވެ. ގްރޫޕްގެ ދެވަނައިގައި އޮތް ޑެންމާކަށް ވެސް ލިބުނީ ފަސް ޕޮއިންޓެވެ. ތިންވަނައިގައި ސްލޮވޭނިއާ ތިން ޕޮއިންޓާއެކު އޮތްއިރު ފުލުގައި އޮތް ސާބިއާއަށް ލިބުބީ ދެ ޕޮއިންޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!