ކުޅިވަރު ފުޓްބޯޅަ

އިޓަލީގެ އަސްލު ފެންވަރުގައި މުބާރާތް ފެށޭނީ އަދި ދެވަނަ ބުރުން: ކޯޗު ސްޕަލެއްޓީ

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

އިޓަލީގެ އަސްލު ފެންވަރުގައި ޔޫރޯ 2024 ފެށޭނީ އަދި ދެވަނަ ބުރުންކަމަށް އިޓަލީގެ ކޯޗު ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނެފިއެވެ.

Ads by Sosun Fihaara

ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި ދެވަނަ ބުރުގެ ކުޅުން މިރޭ ފަށާއިރު ސްވިޓްޒަލެންޑާ ދެކޮޅަށް އިޓަލީ ދެވަނަ ބުރުގައި ނިކުތުމުގެ ކުރިން މީޑިއާ ވާހަކަ ދައްކަމުން ސްޕަލެއްޓީ ބުނީ އެ ޓީމު ދެވަނަ ބުރަށް ދިޔައީ ރަނގަޅު ނަތީޖާތަކެއް ނެރެގެން ކަމަށެވެ.

ނަމަވެސް އަދިވެސް އިޓާލީގެ އަސްލު ފެންވަރު ނުދެއްކޭކަމަށް އޭނާ ބުންޏެވެ. ސްޕަލެއްޓީ ބުނީ އެ ޓީމަށް އެންމެ އެދޭވޭ ކުޅުމެއް ނުދެއްކި އޮތީ ކޮންމެވެސް ކަހަލަ ޕްރެޝަރެއް އޮވެގެންކަމަށެވެ.

އެހެންނަމަވެސް ދެވަނަ ބުރުން ފެށިގެން އިތުރަށް ކުރިއަށް ދިއުމަށް ކުޅޭ ކޮންމެ މެޗަކުން މޮޅުވުން މަޖުބޫރުވާނެކަމަށެވެ.

“އަހަރެންނަށް ހީވަނީ ނޮކްއައުޓް ބުރުން ފެށިގެން އަހަރުމެންނަށް މާ ހަމަޖެހިގެން ކުޅެވޭނެހެން. ގްރޫޕް ސްޓޭޖާ ހިލާފަށް މި ބުރުގައި ހިސާބުތަައް ނުޖެހޭނެ” ސްޕެއްޓީ ބުންޏެވެ.

މީގެއިތުރުން ސްޕަލެއްޓީ ބުނީ އެ ޓީމު އޮތީ 2006 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ޖަރުމަނުގެ އޮލިމްޕިކް ސްޓޭޑިއަމްގައި އެ އުފާވެރި ހަނދާންތަކާއެކު މިރޭ ސްވިޓްޒަލޭންޑް ބަލިކޮށްގެން ދެވަނަ ބުރަށް ދިއުމަށް ތައްޔާރަަށް ކަމަށެެވެ.

ބޭނުންވަނީ އެ ދުވަހު އިޓަލީގެ ސަޕޯޓަރުން ޓީމަށް ސަޕޯޓު ދިނުމަށް ތިބި ގޮތަަށް މިއަދު ވެސް ޓީމަަށް ހިތްވަރު ދިނުމަށް ތިބޭނެކަމަށެވެ.

މިރޭ އިޓަލީއާއި ސްވިޓްޒަލެންޑު ދެވަނަ ބުރުގައި ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ. އެ މެޗުން މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކުރާ ޓީމުން ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ ދެވަނަ ބުރުގައި އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!