Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ކުޅިވަރު

ޑެންމާކަކީ ވަރުގަދަ ޓީމެއް، ޖާމަނީ ހުރިހާ ގޮތަކުން ވެސް ތައްޔާރު: ނާގަލްސްމަން

ޑެންމާކަކީ ވަރުގަދަ ޓީމެއް، ޖާމަނީ ހުރިހާ ގޮތަކުން ވެސް ތައްޔާރު: ނާގަލްސްމަން
ޑެންމާކަކީ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމެއްކަމަށާއި، ޖާމަނީން އެ ޓީމު ބަލިކުރަން ތައްޔާރުވެފައިވާކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފިއެވެ. މިރޭ ޔީރޯ 2024 ގެ ދެވަނަ ބުރުގައި ޑެންމާކާ ބައްދަލުކުރުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ނާގަލްސްމަން ބުނީ ޑެންމާކުގައި ތަޖުރިބާކާރު މޮޅެތި ކުޅުންތެރިން ތިބިކަމަށެވެ. އަދި އެ ޓީމަކީ ވަރަށް އޯގަނައިޒްކޮށް ކުޅޭ ޓީމެއްކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން ނާގަލްސްމަން ބުނީ ޑެންމާކަކީ ވަރުގަދަ ޓީމެއްކަމަށް ދެކިގެން އެ ޓީމާ ދެކޮޅަށް ނިކުންނަށް ވަރަށް ރަނގަޅަށް އެ ޓީމު ތައްޔާރުވެފައިވާކަމަށެވެ.
އަހަރުމެން މިތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. އަހަރެން ޓީމަށް އިތުބާރުކުރަން.  އަހަންނަށް އިނގޭ ޓީމުގެ ކަންކަން: ނާގަލްސްމަން
އޭނާ ބުނީ މިރޭ އެ ޓީމުން ނިކުންނަ ދެވަނަ ބުރުގެ މެޗަށް ސަޕޯޓަރުން ގިނައިންވެދެ ސޕޯޓު ކުރާނެކަމަށް އުންމީދުކުރާކަމަށެވެ. އަމިއްލަ ގައުމުގައި މުބާރާތް ކުޅޭއިރު ސިފަވަނީ 2006 ވަަނަ އަހަރު ވޯލްޑްކަޕް އެ ގައުމުގައި ބޭއްވިމުން ސަޕޯޓަރުން ސަޕޯޓިކުރި ގޮތްކަމަށް ވެސް ނާގަލްސްމަން ބުންޏެވެ. ޖާމަނީއާއި ޑެންމާކު ބައްދަލުކުރާ ދެވަނަ ބުރުގެެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ. އެ މެޗުން މޮޅުވާ ޓީމަކު ކުއާޓާ ފައިނަލަށް ދާއިރު ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ ސްޕެއިން އަދި ޖޯޖިއާ ބައްދަލުކުރާ ދެވަނަ ބުރުގެ މެޗުން މޮޅުވާ ޓީމަކާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް