Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޝަރުޢީ ދާއިރާ

ރައީސް މުޙައްމަދު އަމީންއަށް ކުރި ހުކުމުގެ މައްސަލަ ބަލަން ނިންމައިފި

ރައީސް މުޙައްމަދު އަމީންއަށް ކުރި ހުކުމުގެ މައްސަލަ ބަލަން ނިންމައިފި

ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަން ވައްޓައިލާ، އެމަނިކުފާނަށް ދިން އަނިޔާގެ ބަދަލު ހޯދުމަށާއި ކުރި ހުކުމުގެ މައްސަލަ ބަލައި ދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން ނިންމައިފިއެވެ.

ރައީސް މުޙައްމަދު އަމީންގެ ވެރިކަން ވައްޓައިލީ 1953ވަނަ އަހަރުގައެވެ.

އެމަނިކުފާނުގެ ވެރިކަން ވައްޓައިލުމަށް ފަހު ކުރި އަނިޔާގެ މައްސަލަ ބަލަން ނިންމައިފައިވާކަން އަންގައިފައި ވަނީ، އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހަށް އެ މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)އަށެވެ. ބޮންޑޭއަށް އެ ޖަވާބު ދެއްވައިފައި ވަނީ ލިޔުމަކުންކަން ވަނީ އެނގިފައެވެ.

Advertisement
Ooredoo — Square (box)

ބޮންޑޭއަށް މިއަދު ދިން ޖަވާބުގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނު ހުށަހެޅުއްވި މައްސަލައަކީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހަށް ބެލޭނެ މައްސަލައެއް ކަމަށެވެ.

މި މައްސަލައިގައި އެ އޮފީހަށް ބޮންޑޭ ހުށަހެޅުއްވި ފޯމުގައި އެދިލައްވައިފައި ވަނީ، ރައީސް މުޙައްމަދު އަމީނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަން ސާފުކޮށްދިނުމަށާއި، ޚާއިނެއް ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްދެއްވުމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް