ޚަބަރު ރައްޔިތުންގެ މަޖިލިސް

ބިދޭސީންގެ ކޯޓާ ކަނޑައެޅުމުގެ ބާރު ކެބިނެޓަށް ދެނީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މިއަދު ބޭއްވި ވަޒީރުންގެ މަޖިލިސް ، ފޮޓޯ: ރައީސް އޮފިސް

ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ވަޒީފާގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިިފި އެވެ.

Ads by STELCO

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.

ވަޒީފާގެ ގާނޫނު މިހާރު އޮތް ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް އެއް ގައުމަކުން އެންމެ ގިނައިން ގެނެވޭނީ 100،000 މީހުން ނެވެ. އޭގެ ބަދަލުގައި ބިލުގައި ހުށަހަޅާފައިވަނީ، ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ ގެނެވޭނެ އަދަދާ ދާއިރާތައް ކަނޑައަޅާނީ ގަވާއިދެއްގެ ދަށުން ކަމަށެވެ. އެ ގަވާއިދު އެކުލަވާލާނީ ލޭބާ މިނިސްޓްރީން ނެވެ.

ބިލުގައިވާ ގޮތުން ބިދޭސީން ގެނެވޭނެ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެެވޭނެ އަަދަދާއި ދާއިރާތައް ކަނޑައެޅޭނެ އެވެ. އަދި އެގޮތަށް ކަނޑައެޅުމުގައި އެކި އެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށާ އަދި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައް ކަނޑައެޅިދާނެ ކަމަށް ވެ އެވެ.

އެހެނަމަވެސް، އެފަދަ އެއްވެސް ކަމެއް ކަނޑައެޅޭނީ، ބިލުގައި ބުނާގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރުތައް ދެނެގަތުމަށްފަހު ހަދާ އެސެސްމެންޓަކަށް ފަހު ކަމަށެވެ. އަދި އެއާ އެކު ވަޒީރުންގ މަޖިލީހުގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ވެ އެވެ.

އެ އެސެސްމެންޓަށް ފަހު އަދަދު ކަނޑައެޅޭނީ، ބިލުގައި ވާގޮތުން 5 ކަމަކަށް ބެލުމަށްފަހު އެވެ. އެއީ:

  1. ގައުމުގެ އިގްތިސާދީ ނުވަތަ އިޖްތިމާއީ ތަރައްގީއަށް މުހިއްމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެގެން މުހިއްމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެހެން މުހިއްމު ވަޒީފާތަކަށް އެކަށީގެންވާ އަދަދަކަށް ކަމުގެ ހުނަރު ލިބިފައިވާ މަސައްކަތްތެރިން  ރާއްޖެއިން ލިބެން ނެތުން
  2. ވަކި ދާއިރާއެއްގެ ވަޒީފާއަށް ބިދޭސީން ނެގުމުގެ ސަބަބުން އެ ދާއިރާއެއްގައި އިލްމާ ހުނަރު އިތުރުވުމުގެ ފުރުސަތު އޮތް މިންވަރު
  3. ވަކި ދާއިރާއެއްގެ ވަޒީފާއަށް އެއްވެސް ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ލިބޭ މިންވަރު މަދުވެއްޖެ ނަމަ، އެ ދާއިރާއެއްގެ ތަރައްގީއަށް ކުރާނެ ނޭދެވޭ އަސަރު
  4. ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމުގެ ސަބަބުން ނުވަތަ އެފަދަ މަސައްކަތްތެރިން އަަދު އިތުރުވުމުގެ ސަބަބުން ދާހިލީ އަދި ގައުމީ ސަލާމަތަށް ނުރައްކާ ކޮށްފާނެ މިންވަރު

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!