ޚަބަރު ސަރުކާރު

ލުވޭޒް، ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސަށް އަރުވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ދިވެހިރާއްޖޭން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވޭޒު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސަށް މިއަދު އަރުވައިފި އެވެ.

Ads by STELCO

މި ރަސްމިއްޔާތު ބާއްވާފައި ވަނީ ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު، އިސްތާނާގަ އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސިންގަޕޫރުގެ ރައީސް ތަމަން ޝަންމުގަރަތުނަމް އާ ލުވޭޒު ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސިންގަޕޫރުގެ ރައީސަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވި އެވެ.

ސިންގަޕޫރާއި ރާއްޖެ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖޭން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އަރުވާފަ އެވެ.

ސިންގަޕޫރަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ލުވޭޒު އައްޔަންކުރައްވާފައި ވަނީ މިދިޔަ މެއި މަހުގެ ހަތް ވަނަ ދުވަހު އެވެ.

މި ބައްދަލުވުމުގައި ސަފީރު އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ޚަދީޖާ މުފްލިޙާގެ އިތުރުން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީން ކަމުގައިވާ ޢަބްދުالله އަރުހަމް އާއި ޖަލާލާ ސަލީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!