ޚަބަރު

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ މަހުގެ 6 އަށް އިތުރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ މަހުގެ 6 އަށް އިތުރު ކޮށްފިއެވެ.

Ads by STELCO

މިކަން ހާމަަ ކުރަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ 12 މާރިޗުން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 6 އޮކްޓޯބަރ 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާން ކުރާކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތު ވަގުތީިގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ސޮއިކުރައްވާ މިރޭ ނެރުނު ގަރާރުގައި އިތުރަށް ބުނެފައިވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރު ކުރުމަށް ނިންމައިފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި ކޮވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީ ކަމަށެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު ކުރަން ނިންމާފައިމިވަނީ އެންމެފަހުން މިމުއްދަތު އިތުރުކުރި ތާރީހް މިއަދަށް ހަމަވެފައި ވަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!