ޚަބަރު ސަރުކާރު

ރާއްޖެއަށް މުދާ އެކްސްޕޯޓު ކުރަން އިންޑިއާގެ ދެ ބަނދަރެއް އިތުރުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްޕީއެލްގެ ވިޔަފާރި ބަނދަރު

ރާއްޖެއަށް ބޭނުންވާ މުދާ އެކްސްޕޯޓު ކުރަން އިންޑިއާގެ އިތުރު ދެ ބަނދަރެއް ހަމަޖައްސައިފި އެވެ.

Ads by MWSC

އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި ރާއްޖެއަށް މުުދާ އެކްސްޕޯޓު ކުރާނެ އިތުރު ދެ ބަނދަރަކީ ކަންޑްލާ އާއި ވިޝާކަޕަޓްނަމް ކަނޑުގެ ބަނދަރުތަކެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު 1992 ވަނަ އަހަރު ސޮއިކުރި ފޮރިން ޕޮލިސީ އެގްރީމެންޓަށް 2023 ވަނަ އަހަރު ގެނެވުނު އިސްލާހަށް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަނީ އާ އިސްލާހެއް ގެނަސްފަ އެވެ. ހައި ކޮމިޝަނުން ބުނީ މި އިސްލާހުގެ ދަށުން އިތުރު ދެ ބަނދަރަކުން ރާއްޖެއަށް މުދާ އެކްސްޕޯޓު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

2024 އިން 2025 ގެ މާލީ އަހަރަށް މި ބަދަލު ގެނަސްފައިވާއިރު މީގެ ކުރިން ރާއްޖެއަށް މުދާ އެކްސްޕޯޓު ކުރަން ހުއްދަ ދީފައިވާ އިންޑިއާގެ އެއްވެސް ބަނދަރެއް އުނިކޮށްފައި ނުވެ އެވެ.

ދިވެހި ސަރުކާރުން ދަނީ އިންޑިއާ އާއިއެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ގާއިމް ކުރަންވެސް މަސައްކަތް ކުރަމުންނެވެ. މި އެއްބަސްވުން ގާއިމް ކުރެވިއްޖެނަމަ އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓު ކުރާ ބައެއް ބާވަތްތަކުގެ އަގު ހެޔޮވާނެ އެވެ. އަދި ރާއްޖެއިން އިންޑިއާއަށް އެކްސްޕޯޓު ކުރާ ބާވަތްތަކުންވެސް ޑިއުޓީތަކެއް ކަނޑައިލެވޭނެ އެވެ.

ދިވެހި ސަރުކާރުން ބުނީ އިންޑިއާގެ އިތުރުން ޗައިނާ އާއިއެކުވެސް އެފްޓީއޭ އެކުލަވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއާއެކު ރާއްޖޭގައި މަސްވެރިކަމާއި ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް އެކްސްޕޯޓު ކުރުމަށް އާ މާކެޓުތަކެއް ލިބޭނެކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!