Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެއަށް ވަޑައިގެންފި އެވެ.

ރާއްޖެއަށް ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައި ޖަޔަޝަންކަރާ ބައްދަލުކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ތިން ދުވަހަށް ކުރައްވާ ދަތުރަކީ މިނިސްޓަރު ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޖަޔަޝަންކަރާ ބައްދަލުކުރައްވާފައިވެ އެވެ.

Advertisement
HDC — Sidebar (box)

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމާއި އެކި ދާއިރާތަކުން ގާބިލިއްޔަތުކަން އިތުރު ކުރުމަށް ދެ ގައުމުގެ ދެމެދުގައި ފަހުމުނާމާތަކުގައި ސޮއި ކުރުމަށް ހަމަޖެހިފައިވެ އެވެ.

މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަމާ ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. މިއީ ޖަޔަޝަންކަރު ރާއްޖެއަށް ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ. ކުރީ ސަރުކާރުގައި އޭނާ ވަނީ ތިން ފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެންފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް