Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

އެެއްމިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް

އެެއްމިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް

ރާއްޖެއިން މިއަަހަރު ނިމުމުގެ ކުރިން "އެއް މިލިއަން" ޓޫރިސްޓުން ގެނައުމަށް ކުރި "ޓާގެޓް"އަށް ވާސިލްވެ މިއަހަރު ރާއްޖެއަށް އައި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖެއަށް މިއަހަރު 1 މިލިއަންވަނައަށް އައިސްފައިވާ ފަތުރުވެރިޔާ ވިންސެންޓް ވިކްޓާ ކޮރެންޓިން ޕިތައުއާއި އޭނާގެ އަނބިމީހާއަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށް އެމީހުންގެ އެރައިވަލް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

https://twitter.com/MoTmv/status/1454098175468269572

Advertisement
Allied — Dhen Online (box)

ރާއްޖެއަށް އެއްމިލިއަންވަނަ ފަތުރުވެރިޔާ އައިސްފައި މިވަނީ ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓަށް މި ހިނގާ އޮކްޓޯބަރު މަސް ނިމޭއިރު ވާސިލް ވެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވިތާ ހަފްތާއެއް ފަހުންނެވެ.

މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު ނިމުނުގެ ކުރިން ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ގެނައުމުގެ އުއްމީދު ވެސް އައު ވެފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އަސަރެއް ކޮށްފައިވާ ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު މިހާރު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ. އަދި ރާއްޖެއަށް އެއްމިލިއަން ޓޫރިސްޓުންް އައުމަކީ މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކާމިޔާބެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް