އުރީދޫގެ 5ޖީ ހިދުމަތް ރާއްޖޭގެ އާބާދީގެ 60 އިންސައްތަ އަށް

އުރީދޫގެ 5ޖީ ގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް ފޯރުކޮށްދެމުން އަންނަ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފި އެވެ.
އުރީދޫގެ ހިދުމަތް ރާއްޖޭގައި ފެށިތާ 19 އަހަރު ވެފައިވާއިރު، ހިނގަމުން މިދާ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގްރޭޓާ މާލެ އޭރިއާގެ އިތުރުން 27 ރަށެއްގައި 5ޖީ ގެ ހިދުމަތް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ރަށްތަކަކީ،
- އއ. ތޮއްޑޫ
- އއ. ރަސްދޫ
- އދ. މާމިގިލި
- އދ. މަހިބަދޫ
- އދ. ދަނގެތި
- ބ. އޭދަފުށި
- ދ. ކުޑަހުވަދޫ
- ފ. ނިލަންދޫ
- ގއ. ވިލިގިނލި
- ގދ. ތިނަދޫ
- ހއ. ދިއްދޫ
- ހއ. އިހަވަންދޫ
- ހދ. ކުޅުދުއްފުށި
- ކ. ގުރައިދޫ
- ކ. މާފުށި
- ޅ. ހިންނަވަރު
- ޅ. ނައިފަރު
- ޅ. ނައިފަރު
- ނ. ވެލިދޫ
- ރ. ދުވާފަރު
- ރ. އުނގޫފާރު
- ސ. ހިތަދޫ
- މ. މުލައް
- ކ. އިތާފުށި (ވޮލްޑޯފް އެސްޓޯރިއާ އިތާފުށި)
- ކ. މާދޫފިނޮޅު (އޮޒެން ލައިފް މާދޫ)
- ކ. ބޮލިފުށި (އޮޒެން ރިޒާވް ބޮލިފުށި)
- ކ. ރަށްފަޅުހުރާ4 (ޕަޓީނާ)
- ކ. ރަށްފަޅުހުރާ1 (ފަރި އައިލެންޑް)






ކޮމެންޓް