ޚަބަރު ސަރުކާރު

ޕީއެސްއެމްގެ އެމްޑީގެ މަގާމުން ޒީނާ އިސްތިއުފާ ދެއްވައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޕީއެސްއެމްގެ އެމްޑީ ޒީނާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ ، ފޮޓޯ:ޕީއެސްއެމް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

Ads by MWSC

އެކަން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުالله ޔާމީން "ދެން އޮންލައިން" އަށް ކަށަވަރުކޮށްދެއްވާފައިވެ އެވެ. އެ މަގާމުން ޒީނާ އިސްތިއުފާ ދެއްވި ސަބަބު ބަޔާންކުރައްވާފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު "ދެން އޮންލައިން" އަށް ވިދާޅުވީ ޒީނާގެ އިސްތިއުފާގެ ސިޓީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ހުށަހެޅުއްވިކަން ރައީސް އޮފީހަށް އެނގިފައިވާ ކަމަށެވެ.

މީގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުގެ މަގާމު އަދާކުރެއްވި ޒީނާ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނު ފަހުން މިދިޔަ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.

އެނގިފައިވާ ގޮތުގައި ޒީނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވީ ރައީސް އެދިވަޑައިގެންނެވުމުގެ މަތިންނެވެ.

ޒީނާ ހަވާލުވެވަޑައިގެންނެވިއިރު ދަރަނީގައި ހިންގަމުން ދިޔަ ޕީއެސްއެމްގެ ދަރަނި އަދާކުރެއްވުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ޕީއެސްއެމް ހިންގުމާއި ހަވާލުވުމުގެ ކުރިން ޒީނާ ވަނީ އެކި މީޑިއާތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. ޒީނާ އަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ.

Ads by HDC
  1. ތަމެންދޯ

    ތިޔާ އަންހެން މީހާ އަކީ އެއްގޮތަކަށް ވެސް ޕީއެސްއެމްގެ އެމްޑީ އަކަށް ކުފޫ ހަމަވާ މީހެއް ނޫނޭ ދެން މެންދުރު ފަހޭ ކިޔާ ޓީވީއެމް އިން ގެނެސްދެނީ ހިންދީ ރާގަށް ހަދާފައި ހުންނަ ރަށުތެރޭގައި އުޅޭ ބަނޑުއަކިރިން ކުޅެފައިވާ ލަވަތަކޭ އެއީ ފިލްމްސްޓާރުންނޭ ބުނީ ކާކުތޭ އެއީ ރަށުތެރޭގައި އުޅޭ ރޮނގާލި ގަނޑު ނޫންތޭ ކިޔެވި ޔުނިވަރސިޓީ އެއް މިއުޑު ދަށުގައި ނުހުންނާނެއޭ މިހާރު ޓީވީއެމް އިން އެލެންވޯކަރ ކޮޕީ ކޮށްގެން ބުދެއް ގޮތެއް ހުންނަ މީހަކު ޕްރޮމޯޓް ކުރުން އެއީ ސީދާ ޝިރުކޭ މިވަރު ނުދަންނަ ގަމާރު ބީތާ އެހެލާން ތެހެލާން ބައިތިއްބައިގެން ނުވާނެއޭ ޓީވީއެމްގެ ބޮޑުންގެ ގޮތުގައި ކޮޕީ ކެޓް ފިލްމް ތަކާއި ލަވަތައް ދޫކޮށްލާ ޓީވީއެމް އިން ގެނެސްދޭންވީ އެޑިއުކޭޝަނަލް ޕްރޮގްރާމްސް ތަކޭ ކިއެއްތޭ ވާނީ އިންޖިނިއަރިންގް މެތެމެޓިކްސް ކިޔަވާ ދިނިއްޔާ ރާއްްޖޭގެ ކިޔަވާ އަންހެން ކުދިންގެ ތެރެއިން %95 އެއީ ހިސާބު އިލްމުން ފާސް ނުވާ ބަގަވިއްޔާދޯ ދެން އެމެން އައި ޔޫ ކިޔާ ބްރޯކެން އިންގްލިޝް އިން ވާހަކަ ދެއްކިނަމަވެސް އެއީ ވެސް ބޮޑެތި ފޭކް ކިޔަވައިގެން ތިބި ކަނޑުކޮހުންނޭ…

  2. އެއްލާލާ

    މިކަލޭގެ ނަގާ އެއްލާލުން މާބޮޑަށް ލަސަްވެއްޖެއޭ ޓީވީއެމް އަކީ އެއީ ކޮޕީ ކެޓް ލަވަތައް ގެނެސްދޭން ހުންނަ ތަނެކޭ ޓެކްސް ޕޭކުރާ މީހުންގެ ފައިސާ ބޭކާރު ކުރަނީއޭ އެޑިއުކޭޝަނަލް ޕްރޮގްރާމް ތައް ގެނެސްދޭން ވުމުން އެކަން ކަން ނުކޮށް ރަށުތެރޭގައި އުޅޭ ރޮނގާލި ގަނޑު ކަމަށްވާ އަމިއްލަ އަށް ފިލްމްސްޓާރުން ކަމަށް ހެދިގެން އުޅޭ ބޮޑެތި ވަގުން ތައް ޕްރޮމޯޓް ކުރަން އެތައް ގަޑިއިރެއް ޓީވީއެމް ގައި އުޅޭ ތަނެއް ދޮރެއް ނުދަންނަ ފޭކް ސެރޓިފިކެޓް ހިފައިގެން ތިބޭ ޕްރޮޑިއުސަރުން ގެނެސް ދިނުން އެއީ މިގަމާރު ގަމާރު ވެފައި ނުކިޔަވާ ހުރުމުން ވާ ގޮތޭ މިހާރު އެލެންވޯކަރ ކޮޕީ ކޮށްގެން ބުދެއް ގޮތަށް ހުންނަ މީހަކު ޓީވީއެމް އިން ޕްރޮމޯޓް ކުރުން އެއީ ޝިރުކުގެ ތެރޭންވާ ކަމެއް ކަން ވެސް މިގަމާރަށް ނޭގެނީއޭ ނަގާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ ޓީވީއެމްގެ ހުރިހާ ޕްރޮގްރާމް ތައް އޯވަރހޯލް ކުރޭ ނުޖެހޭ ޓެލެޑްރާމާ ވެސް ގެނެސްދޭން ނުޖެހޭ ކޮޕީ ކެޓް ދިވެހި ފިލްމް ތައް ވެސް ގެނެސްދޭން ޖެހޭނީ ތައްލީމީ ޕްރޮގްރާމް ތަކާއި ސްޓެމް ޕްރޮގްރާމްސް ތައް ގެނެސްދޭން ކިޔަވާ ކުދިންނަށް ހިތްވަރު ދިނުމަށް ޓަކައި ޓީވީއެމް ގައި ތިބި ކޮޕީ ކެޓް ހުރިހާ އާލާތުން ނަގާ އެއްލާލާ އެއާލާތުން ސައްޕެއް ޖަހާ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ