އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫ މަސް ރޭސް 2024: ތިނަދޫގެ ޗެމްޕިއަނަކީ ބްލެކް އޭންޓް ފިޝިން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އުރީދޫ މަސް ރޭސް ތިނަދޫގެ ޗެމްޕިއަންކަން ހޯދި ބްލެކް އޭންޓް ފިޝިން / ފޮޓޯ:އުރީދޫ

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސް ރޭސް 2024 – ގދ. ތިނަދޫގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިން ހޯދައިފި އެވެ.

Ads by Sosun Fihaara

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސް ރޭސް އިތުރަށް ކުލަގަދަކުރުމުގެ ގޮތުން ތިނަދޫގެ އިތުރުން ކ. ހިންމަފުއްޓާ އަދި ޅ. ނައިފަރުގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ތިނަދޫ ސިޓީގައި ހުކުުރު ދުވަހު ބޭއްވި މަސް ރޭހުގައި އަށް ޓީމަކުން ވާދަކޮށްފައިވެ އެވެ. މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ މެދުގައި ވާދަވެރި މަސްވެރި ކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓީމުތަކަށާ އަދި މަސްވެރިންނަށް ހާއްސަ ގިނަ އެވޯޑުތަކެއް ވަނީ ދީފަ އެވެ.

  • ޗެމްޕިއަން ޓީމް - 1665.81 ޕޮއިންޓާ އެކު ބްލެކް އޭންޓް ފިޝިން
  • ދެވަނަ ޓީމް - 523.25 ޕޮއިންޓާ އެކު ޓީމް އެމްއައިބީ
  • 3ވަނަ ޓީމް - 478.85 ޕޮއިންޓާ އެކު ހޯނޑެއްދޫ މަސްވެރިން
  • އެންމެ ބަރު މަސް - އަބްދުﷲ ދީދީ، ބްލެކް އޭންޓް ފިޝިން (7.15 ކިލޯގެ ހަންޖެއް)
  • އެންމެ މޮޅު ކެޔޮޅު (ފިރިހެން) - ދައުސް ހަސަން، ހޯނޑެއްދޫ މަސްވެރިން (12 މަސް)
  • އެންމެ މޮޅު ކެޔޮޅު (އަންހެން) - އާތިކާ މުހައްމަދު އަދި އައިޝަތު ނޫފާ އަލީ، ޓީމް އެމްއައިބީ (4 މަސް)

އުރީދޫ މޯލްޑިވްސް ޓީމާ އަދި މަސް ރޭހުގެ ޕާޓްނަރުންގެ ފަރާތުން ތިނަދޫގައި ކުރިއަށް ދިޔަ މަސް ރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!