Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 589 މައްސަލަ!

ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 589 މައްސަލަ!

މި އަހަރުގެ ފުރަތަމަ ހަ މަހުގެ ނިޔަލަށް ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 589 ލިބިފައިވާ ކަމަށް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސް މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުއްޖަަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ.

އެގޮތުން އެ ބާވަތުގެ 125 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.

Advertisement
Ooredoo — Square (box)

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖިސްމާނީ ހާނިކައި އާއި ޖިންސީ ހާނިކައިގެ 119 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 37 މައްސަލައިގެ އިތުރުން އިހުމާލުވުމުގެ 111 މައްސަލައެއް ހުށަހެޅުނެވެ.

އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 24 މައްސަލައަކާ ބްލެކްމެއިލް ކުރުމުގެ 15 މައްސަލައަކާ އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 5 މައްސަލައަކާ ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 10 މައްސަލައެއް ވެސް ހިމެނޭ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި އެނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 24 މައްސަލަ ހުށަހެޅި އެޓެންޑް ކުރެވިފައިވެ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 108 މައްސަލައަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 26 މައްސަލައެއް ހުށަހަޅާފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި އާއިލާއާ ގުޅުންހުރި 166 މައްސަލަ ހުށަހަޅާފައި ވެއެވެ.

މި އަހަރުގެ ޖޫން މަހާ ހަމައަށް އެކަނިވެސް އެ މިނިސްޓްރީއަށް ޖުމްލަ 1341 މައްސަލައެއް ހުށަހަޅާފައިވާކަމަށްވެސް  ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް