ވިޔަފާރި

50 ޕަސެންޓް ޑިސްކައުންޓު ލިބޭ އެލައިޑް ލައިފް ޕްރޮމޯޝަން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"އެލައިޑް ލައިފް ޕްރޮމޯޝަން"ގެ ނަމުގައި މުޅިން އައު ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.

Ads by MWSC

އެލައިޑް މައި އޮފީހުގައި މިއަދު ބޭއްވި ޕްރެސް ބްރީފިން ގައި އެ ޕްރޮމޯޝަނާއި ބެހޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖާ އިބްރާހިމް ފިރުޝާން އާއި މާކެޓިން މެނޭޖާ އައިޝަތު ސުދާ އެވެ.

މިއަދު ލޯންޗްކުރެވުނު ޕްރޮމޯޝަންގެ ތެރެއިން އެލައިޑް ލައިފް އިންޝުއަރަންސް ޕްލޭނެއް ގަނެގެން އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެލައިޑުން ބުނީ މިއަދު ފެށި ލައިފް ޕްރޮމޯޝަން ކުރިޔަށްދާނީ 31 ޑިސެންބަރުގެ ނިޔަލަށް ކަމަށެވެ. އެގޮތުން އެ މުއްދަތުގައި އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރަންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓާމް އެޝުއަރަންސް ޕްލޭން ނުހިމަނާ ކަމުގައި އެކުންފުނިން ފާހަގަކުރެ އެވެ.

ލައިފް އިންޝުއަރަންސް ޕްލޭންސް މެދުވެރިކޮށް މާލީ ރައްކާތެރިކަން ހޯދާ ސްމާޓް ސޭވިން ޗޮއިސަސް އަށް ހޭލުންތެރިކަން އުފައްދާ، މުޖުތަމައުގެ ވަކި ވަކި ފަރުދުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ފަށާފައިވާ އެ ޕްރޮމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަން އެލައިޑުން ވަނީ ނިންމާފަ އެވެ.

އެގޮތުން، ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބާއި އެކު ކުރިޔަށްގެންދާ ފޯރިގަދަ އާއިލީ ހަވީރު؛ "އެލައިޑް ފެސްޓް" މިއަހަރުވެސް ކުރިޔަށްދާނެ ކަމުގައި އެލައިޑުން މައުލޫމާތުދެ އެވެ.

މަ މަހުގެ 13 ވަނަ ދުވަހު ހުޅުމާލެ، ސެންޓްރަލް ޕާކްގައި ބާއްވާ އެ ހަވީރުގެ އިތުރުން، އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިޔުމަށްވެސް އެލައިޑުން ވަނީ ރާވާފަ އެވެ.

އެ ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އިން ލިބޭނެ އެވެ. ނުވަތަ ވެބްސައިޓް؛ އެލައިޑް.އެމްވީގެ ލައިވް ޗެޓް ހިދުމަތްވެސް ލިބޭނެ ކަމަށް އެލައިޑުން ފާހަގަކުރެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!