ޚަބަރު ސަރުކާރު ސިޔާސީ

ޖަނާހުއަށް ހުޅުމާލެއިން ބިމެއް ދިނީ ކުރީ ސަރުކާރުން

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް، އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އަށް ހުޅުމާލެއިން ބިމެއް ދިނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންކަން ހާމަވެއްޖެ އެވެ.

Ads by Sosun Fihaara

ހުޅުމާލެ އުރީދޫ އިމާރާތާ ޖެހިގެން ހުޅަނގަށް އޮންނަ 100،000 އަކަފޫޓުގެ ހުސް ބިން ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިއުލާން ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގަ އެވެ.

އެ ހުސްބިމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިންވެސް އެޗްޑީސީން އެ ބިން ޖަނާހު އަށް ދީފައިވާ ކަމަށް ބުނެ ހަބަރު ފެތުރި އެވެ. ޖަނާހު އަށް ބިން ދީފައިވަނީ މަތީ ފަންތީގެ ޝޮޕިން މޯލެއް ހެދުމަށް ކަމަށްވެސް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އަދި އެ ބިން ދީފައިވަނީ ރައީސް މުއިއްޒުގެ ވެރިކަން އައި ފަހުން މިދިޔަ އަހަރުގެ ފަހު ކޮޅުގައި ކަމަށްވެސް އެ ރިޕޯޓުތަކުގައިވެ އެވެ.

ނަމަވެސް "ދެން އޮންލައިން" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ބިން ޖަނާހު އަށް ދީފައިވަނީ މިދިޔަ ސަރުކާރުގަ އެވެ. އަދި އެ ބިމުގައި ބޭރުގެ ކުންފުންޏަކާ ގުޅިގެން ސޮޕިން މޯލެއް އަޅަން ޝައުގުވެރިވާ ކަމަށްވެސް އެ ލިޔެކިޔުންތަކުން އިނގެން އެބަ އޮތެވެ.

އެކަމަށް ޝައުގުވެރިވެގެން އެކަމަށް އެދި ޖަނާހު، މިދިޔަ އަހަރުގެ އޮގަސްޓު 10 ގައި ވަނީ ހުށަހަޅާފަ އެވެ. އެޗްޑީސީން ވަނީ އޭގެ ތިން ދުވަސް ފަހުން އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފަ އެވެ. އަދި އޭރު އެކަމަށް އެދި ހުށަހެޅުމަށް އެޗްޑީސީން ދީފައިވަނީ ވެސް އެންމެ 10 ދުވަހެވެ.

އެކަމަށް އެދި ހުށަހަޅާފައިވަނީ ޖަނާހުގެ ކުންފުނި އަދި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުންނެވެ.

ނަމަވެސް އެޗްޑީސީން ޖަނާހުގެ ޕްރޮޕޯސަލް ބަލައިގަނެ، އެޗްޑީސީ ސްޓްރެޖިކް އިންވެސްޓް ކޮމެޓީން އޭނާ އެކު އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އެވެ.

Ads by HDC
  1. ޖަނާހު

    ކުރީ ސަރުކާރުން ބިމެއް ދިނިއްޔާ މި ސަރުކާރު އަތުލަން ވީނު. ކަލޭމެން ވިއްޔާ ވެރިކަމުގައި ތިބީ. ފްލެޓްތައް ވެސް ހައިދަރު އަތުލަނީ ވިއްޔާ.