Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ނައިފަރާއި ހިންނަވަރުން ޑްރަގާއި ތިން ލައްކައެއްހާ ރުފިޔާއާ އެކު ބަޔަކު ހައްޔަރުކޮށްފި

ނައިފަރާއި ހިންނަވަރުން ޑްރަގާއި ތިން ލައްކައެއްހާ ރުފިޔާއާ އެކު ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން ލައްކަ އެއްހާ ރުފިޔާ އާއެކު ޅ. ނައިފަރާއި ހިންނަވަރުން ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުސް އޮފީހުން މިއަދު ބުނީ އެ ދެ ރަށުން ބަޔަކު ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރުން 12 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ. އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 86.26 ގްރާމް ހުރި ކަމަށެވެ. އޭގެ އިތުރުން 293،000 ދިވެހި ރުފިޔާ އާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 5 މީހުންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެއީ:
  • ޅ. ހިންނަވަރު، އަގީދުގެ، ހުސެއިން އީސާ ފުޅު (48އ)
  • ޅ. ހިންނަވަރު، މިދިލިމާގެ، އަހްމަދު މުހައްމަދު (36އ)
  • ޅ. ނައިފަރު، ޑޭޒީހިޔާ، އަބްދުﷲ ޒަކަރިއްޔާ (46އ)
  • ޅ. ހިންނަވަރު، ފެހިގެ، މުހައްމަދު އިރުޝާދު (35އ)
  • އދ. މަހިބަދޫ، ކުޅިބަލާގެ، ފާތިމަތު ރީމާ (44އ)
އެ 5 މީހުންގެ އިތުރުން ވެސް އެ އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައި ފާސްކޮށްފައިވެ އެވެ. މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ 5 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ހުސެއިން އަދި އަހްމަދު ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަބްދުﷲ 15 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، ފާތިމަތުު ބަންދު ކުރަން ނިންމީ 12 ދުވަހަށެވެ. އަދި މުހައްމަދު ތިން ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް