ޚަބަރު

ޗެނަލް 13 ގެ ފޭސްބުކް ޕޭޖު ހެކު ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޗެނަލް 13 ގެ ފޭސްބުކު ޕޭޖު ހެކު ކޮށްފިއެވެ.

Ads by Hajj Corporation

ޗެނަލް 13 ގެ ސީއޯއޯ މުހައްމަދު ސަމާހު މިރޭ ފޭސްބުކުގައި ބުނެފައިވަނީ ޗެނަލް 13 ގެ އޮފިޝަލް ފޭސްބުކް ޕޭޖު ވަނީ ހެކުކޮށްފައި ކަމަށާއި، ޗެނަލް 13 ގެ ޓެކްނިކަލް ޓީމުން މިހާރު އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި ދިމާވެދާނެ ދަތިތަކަށް ނިހާޔަތައް މަޢާފަށް އެދޭ ކަމަށް ވެސް ސަމާހު ބުނެފައި ވެއެވެ.

މިކަމާ ގުޅޭގޮތުން "ދެން" އާއި ވާހަކަ ދައްކަމުން މުހައްމަދު ސަމާހު ބުނެފައިވަނީ، ޗެނަލް 13 ގެ ފޭސްބުޖު ޕޭޖު ހެކުކޮށްފައި ކަން އެނގުނީ މިރޭގެ 9:45 ހާއިރު ކަމަށާއި، ޕޭޖުގެ އެޑުމިން އިން ހުރިހާ އެންމެންވެސް ވަނީ ބޭރު ކޮށްލާފައިވާ ކަމަށެވެ. އަދި އެއްވެސް ވަރަކަށް ފޭސްބުކް ޕޭޖަށް އެކްސެސް ނުވާ ކަމަށް ސަމާހު މައުލޫމާތު ދިނެވެ.

ޗެނަލް 13 ގެ ފޭސްބުކު ޕޭޖު ހެކުކޮށްފައި ވަނީ އެ ޗެނަލް އިންސްޓީލިންގް ޕެރެޑައިސް ރީލޯޑެޑްގެ ނަމުގައި ނެރޭ ޑޮކިއުމެންޓްރީގެ 2 ވަނަ ޓްރެއިލާ ފޭސްބުކުގައި ހިއްސާ ކުރިތާ ގާތްގަނޑަކަށް 6 ގަޑި އިރުފަހުންނެވެ

ޗެނަލް 13 އިންސްޓީލިންގް ޕެރެޑައިސް ރީލޯޑެޑްގެ ނަމުގައި ނެރުމަށް ތައްޔާރު ކޮށްފާއިވާ ޑޮކިއުމެންޓްރީއަކީ، ސަރުކާރުގެ މަކަރާއި، ސިއްރުތައް އެންމެހާ ރައްޔިތުންނަށް އެންގުމަށްޓަކައި ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ.

ޗެނަލް 13 އަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު މިހާރު ބަލާ ޗެނަލް ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ސްޓީލިންގ ޕެރެޑައިސްގެ އިތުރުން "ހަޖަމް" ޕްރޮގްރާމުގައި ވެސް ސަރުކާރުގެ ސިއްރު އެތައް މައުލޫމާތެއް ގެނެެސްދޭ ކަން ފާހަގަ ކުރެވެއެވެ.

ޗެނަލް13ގެ ފޭސްބުކް ޕޭޖު ހެކު ކޮށްފައި މިވަނީ ޗެނަލް13 އިން ބްރޯޑްކާސްޓް ކުރި ޕްރޮގްރާމެއްގައި އެ ޕްރޮގްރާމަށް ގުޅި މީހަކު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ގައިގައި ހުޅުޖަހަން ޖެހޭ ކަމަށް ބުނި މައްސަލައެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ.

Ads by Ooredoo
  1. އެއްކަލަ ކުއްޖާ

    އަޅެ ދެން ދޯ. މުޙައްމަދު ސަމާޙު ކިޔަނީ. ސަމާޙު މުޙައްމަދު އެއް ނޫން