Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ވިޔަފާރި

އެމްޕީއެލުން އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކޮށްފި

އެމްޕީއެލުން އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކޮށްފި އެވެ.

އިހަވަންދޫ ބަނދަރު ސަރަހައްދުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލަށް ކެރޭން ރަސްމީކޮށް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ.

އެމްޕީއެލުން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރީ "ކޮބެލްކޯ" ބްރޭންޑުގެ 25 ޓަނުގެ ކެރޭނެކެވެ. މިއީ ރަށު ކައުންސިލުގެ އެދުމަކަށް އެމްޕީއެލުން ކައުންސިލަށް ހަދިޔާކުރި ކެރޭނެކެވެ.

Advertisement
Allied Insurance — Square (box)

[caption id="attachment_242782" align="alignnone" width="690"]<img class="wp-image-242782 size-large" src="https://cdn.dhen.mv/wp-content/uploads/2024/09/IMG_20240920_162452_704-1024x776.jpg" alt="" width="690" height="523" /> އެމްޕީއެލުން އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކުރުން / ފޮޓޯ:އެމްޕީއެލް[/caption]

<span style="font-size: 18px;">ވަޖީހު ވިދާޅުވީ ކައުންސިލުތަކުން އެދޭ ކަންތައްތައް އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރާ ކަމަށެވެ.</span>

އިހަވަންދޫ ކައުންސިލުގެ ރައީސް އަހްމަދު ސޮބާހު ވިދާޅުވި ގޮތުގައި ކެރޭނެއް ހޯދުމަށް އެ ކައުންސިލުން އެދުމުން، އެމްޕީއެލުން ވަރަށް އަވަހަށް އެކަން ފުރިހަމަކޮށްދީފައިވާ ކަމުގަ އެވެ. އެކަމަށް އޭނާ ވަނީ އެމްޕީއެލްއަށް ޝުކުރު އަދާކުރައްވާފަ އެވެ.

އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީ ކުރުމަށް އެމްޕީއެލުން ވަނީ އެ ރަށު ކައުންސިލާ އެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ހިދުމަތްތަކުގެ މުހިންމު ބައެއް ކަމަށް އެމްޕީއެލްގެ ސީއީއޯ ވަނީ ވިދާޅުވެފަ އެވެ. އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފެށުން ކަމަށް ވެސް ފާހަގަކުރައްވާފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް