ޚަބަރު އިޖުތިމާޢީ

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ހުޅުމާލެއިން ގެއްލިގެން ހޯދާ ސާއިފް/ ފޮޓޯ:ފުލުހުން

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by Hajj Corporation

ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ ހއ.ހޯރަފުށީ/ ހީރާ، މުހައްމަދު ސާއިފް (30އ) ކަމަށެވެ.

ސާއިފް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލޭގެ ފްލެޓް 205-2-35 ގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ސާއިފް އެންމެ ފަހުން ފެނިފައިވަނީ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 3 އިން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭރު ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސާއިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި ހިއްސާކުރަން އެދިފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!