ޚަބަރު އިޖުތިމާޢީ

ދީނަށް ހަޖޫ ޖެހުމާއި މާރާމާރީގެ ރެކޯޑު އޮންނަ ޝަހުދާ ތަހުގީގު ނިމެންދެން ބަންދަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ކްރިމިނަލް ކޯޓު

ދީނަށް ހަޖޫޖެހުމާއި ތޫނު އެއްޗެހިން ހަމަލާދިނުމާއި ކުށުގެ އެތަކެއް ރެކޯޑެއް އޮންނަ ތ. ތިމަރަފުށި ސަލްވާ، ފާތިމަތު ޝަހުދާ(30 އ.) މީހަކަށް ކަޓަރުން ހަމަލާދިން މައްސަލާގައި ތަހުގީގު ނިމެންދެން ބަންދުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

Ads by Hajj Corporation

ތިމަރަފުށީގެ ރައްޔިތުން ނުކުމެ މީގެ ކުރިން އޭނާއާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވާއިރު، މީގެ އަހަރެއްހާ ދުވަސް ކުރިން ޝަހުދާ ވަނީ މާލޭގައި ފޯނު ވިއްކާ ތަނަކަށް ވަދެ ސޭޓެއްގެ ކަރަށް ވަޅި ވެސް ހަރާފަ އެވެ.

ހުސްވި މަހުގެ 15 ވަނަ ދުވަހު ހައްޔަރުކުރި ޝަހުދާ އަށް އެންމެ ފުރަތަމަ ބަންދުގެ މުއްދަތު ޖަހާފައިވަނީ، 15 ދުވަހަށެވެ. އަދި އޭރު އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ ކުށުގެ ރިކޯޑު އޮތުމާއެކު، އޭނާ އަކީ ބިރު ދެއްކުމާއި ފޭރުމުގެ ރިކޯޑު އޮތް މީހެއް ކަމަށް ވާތީ އެވެ.

އޭރުގައި ޖެހި ބަންދުގެ މުއްދަތު ހަމަވާތީ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ތަހުގީގު ނިމެންދެން ޝަހުދާ ބަންދުކުރަން އަމުރުކޮށްފަ އެވެ.

ކޯޓު އަމުރުގައި ބުނީ ކުށުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަ ހުށަހަޅާ ފަރާތުން ފާހަގަކޮށްފައިވަނީ ތޫނު އެއްޗަކުން އޭނާ ހަމަލާދިން ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކުރުން އުޅުނު ވަގުތު ޝަހުދާ، އޭނާ ގެންގުޅުނު ވަޅި ބިން މައްޗަށް އެއްލާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އަމުރުގައި ބުނެފައި ވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

މީގެ ކުރިން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ މާރާމާރީ ހިންގި ކަމަށް އިންކާރުކޮށްފަ އެވެ.

Ads by Ooredoo
  1. އަމާން

    ކުރާ ބޯޓު ފަހަރު މީހުން ދަމައިގެންފަ ފައްތާނެ.
    * މަރުގެ ޙުކުމް ތަންފީޒު ކުރާނެ.
    * ގޭންގް ހުއްޓުވާނެ.
    * މާރާމާރީ ގައި ކަނޑި އާއި ވަޅި ނަގައިފި ނަމަ ފުލުހުން ފިސްތޯލަ ނަގާނެ.
    * ގޭންގް ވުޖޫދުން ފޮހެލާނެ.
    ތަރައްޤީ ގެންނާނެ.
    * ތަޢުލީމީ ކުދިންނަށް ފުރުޞަތު ލިބޭނެ
    * އިސްލާމް ދީނަށް އިސްކަންދޭނެ.