ޚަބަރު

ކަރަންޓު ކަށަވަރު ކޮށްދޭން ރައީސް ޔާމީން ފެއްޓެވި މަސައްކަތް ލަސްވީ މިސަރުކާރުގެ ސަބަބުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭ ރައްޔިތުންނަށް ކަރަންޓުގެ ސަލާމަތް ކަށަވަރުކޮށްދިނުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ވެރިކަމުގައި ފެއްޓެވި މަޝްރޫޢު ލަސްވެގެން ގޮސްފައިވަނީ، މި ސަރުކާރުގެ ސަބަބުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ، ޑރ.މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ބުރިޖުގެ އަރިމަތިން ކޭބަލް އަޅައިގެން ހުޅުމާލެއާއި މާލޭގެ ކަރަންޓު ގުޅުވައިލުމަށް ކުރީ ސަރުކާރުގައި ފެއްޓެވި މަސައްކަތުގެ ފަހު މަރުހަލާގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.

 

އެކަމާ ގުޅިގެން ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެ ރައްޔިތުންނަށް ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ބުރިޖާއި ހުޅުމާލޭގައި ޤާއިމުކުރެއްވި ޕަވާ ސްޓޭޝަނަށް ބޭނުންވާ އެންމެ ފަހު ބޮޅަކީ މާލެ ހުޅުމާލެ ގުޅުވައިލުމަށް ކޭބަލް އެޅުން ކަމުގައެވެ.

މީގެއިތުރުން ޑރ. މުޢިއްޒު ވިދާޅުވީ، ހުޅުމާލެއާއި މާލެ ކަރަންޓުގެ ވިއުގައަކުން ގުޅުވައިލެއްވުމަކީ ރައީސް ޔާމީނުގެ ދުރުވިސްނޭ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ކަރަންޓުގެ ސަލާމަތް ކަށަވަރުކޮށްދެއްވުމަށް ފެއްޓެވި މަސައްކަތެއް ކަމުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!