ހުއްދަ ނުނަގާ އުމްރާއަށް މީހުން ގެންދާ ނަމަ ފަސް ލައްކަ އާ ހަމައަށް ޖޫރިމަނާ ކުރަނީ

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، އެކުލަވާލާފައިވާ އުސޫލާ ހިލާފަށް އަމަލުކޮށްފިނަމަ 5 ލައްކަ ރުފިޔާ އާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައި ކަނޑައަޅައިފި އެވެ.
ރާއްޖެއިން މީހުން ގެންދާ ޖަމާއަތަކުން، އުމްރާއަށް ގެންދިއުމާ ގުޅޭ އުސޫލާއި އެއްބަސްވުމާ ހިލާފުވެއްޖެނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް، ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ އުސޫލެއް ހަދައި އިސްލާމިކް މިނިސްޓްރީން ވަނީ ގެޒެޓުކޮށްފި އެވެ.
އިއްޔެ ގެޒެޓުކުރި އުސޫލުގައިވާ ގޮތުން ހުއްދަ ނެގުމަކާ ނުލާ އުމްރާއަށް ގެންދާ ފަރާތްތައް 500،000ރ އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
އަދި އުސޫލާ ހިލާފުވާ ފަރާތްތަކަށް ޖޫރިމަނާގެ ބޮޑެތި އަދަބުތަކެއް އުސޫލުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން އެ މިނިސްޓްރީ އާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏާ މެދު ސޮއިކުރާ އެއްބަސްވުމާއި ކުންފުންޏަކުން ހިލާފުވެއްޖެ ނަމަ، އެ މައްސަލައެއްގެ ކުޑަބޮޑުމިނަށް ބަލައި:
- 1،000ރ އާއި 5،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
- 5،000ރ އާއި 30،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
- 30،000ރ އާއި 1،00،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން






ކޮމެންޓް