ޚަބަރު ވިޔަފާރި

އެއާ އެރޭބިއާއިން ޝާރްޖާ އާއި ވީއައިއޭ އާ ދެމެދު ސީދާ ދަތުރުތައް ފަށައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޔޫއޭއީގެ ޝާރްޖާއިން ވީއައިއޭއަށް ސީދާ ދަތުރުތައް ފެށުން ފާހަގަކުރުން / ފޮޓޯ:އެމްއޭސީއެލް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޝާރްޖާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެއާ އެރޭބިއާގެ ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.

Ads by Sosun Fihaara

އެއާ އެރޭބިއާގެ ފުރަތަމަ ފްލައިޓް ވީއައިއޭއަށް ޖައްސާފައިވަނީ އިއްޔެގެ މެންދުރުފަހު 01:28 ގަ އެވެ. އެ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ރަސްމިއްޔާތުގައި ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސަޑަރު ހަސަން ވަހީދާއި އެއާ އެރޭބިއާގެ ޔޫއޭއީގެ އޭރިއާ މެނޭޖަރު ޝަހްޒަދް ނަގްވީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްބޭފުޅުންނާއި ސްޓޭކްހޯލްޑަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެއާ އެރޭބިއާގެ ދަތުރުތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ ވީއައިއޭ އާއި ޝާރްޖާ އާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ ގިނަ ސިޓީތަކާއި ރާއްޖެ އާ ދެމެދު ފަސޭހައިން ދަތުރު ކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އަދި މިގޮތަށް އުފެދޭ އިތުރު ކޮންމެ ކަނެކްޝަނަކާ އެކު ސަރަހައްދީ ވައިގެ ދަތުރުފަތުރާއި ދުނިޔޭގެ މި ސިނާއަތުގައި ވެސް ވީއައިއޭގެ މަގާމު ރަނގަޅުވެގެންދާނެ ކަމަށެވެ.

އެއާ އެރޭބިއާގެ މި ފްލައިޓަކީ ޝާރްޖާއިން ރާއްޖެއަށް ސީދާ ދަތުރުކުރަން ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓެވެ. ޝާރްޖާ އާއި ވީއައިއޭ އާ ދެމެދު އެއާ އެރޭބިއާއިން ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރުމަށް ވަނީ ނިންމާފަ އެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓެވެ.

އެއާ އެރޭބިއާއަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ފުރަތަމަ އަދި އެންމެ ބޮޑު ލޯ-ކޮސްޓް ކެރިއާ އެވެ. މި އެއާލައިނުން މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ 170 އަށް ވުރެ ގިނަ މަންޒިލަށް ދަތުރު ކުރެ އެވެ.

Ads by HDC
  1. ާޕިރާޑް

    ތިޔަތާ މަސައްކަތްކުރަން ނެގި އައްޑޫ އަންހެނެއް. އޭސް އޭވިއޭޝަން ފިރާގު ކައިރީ އުޅެމުން ޑޮލަރު ވަގަށް ނަގައިގެން ކަނޑާލީ. މިހާރު އެއާ އަރަބިއާގަ. ގައުމެއްނެތް