އެއްގަޑިއިރުގެ ފޮޓޯ ޝޫޓެއް 1،000 ރުފިޔާއަށް، 48 ގަޑިއިރު ތެރޭ ފޮޓޯ ލިބޭނެ

ދިރިއުޅުމުގެ ތަފާތު ކަންކަމާ މުނާސަބަތުތަކުގެ ހަނދާންތައް ފަހަށް ރައްކާކުރުމަށް ޓަކައި އެންމެ ގިނަ ބަޔަކު ކުރާ ކަމަކީ ފޮޓޯ ނެގުމެވެ. އެއީ އެ އުފާވެރި "މޮމެންޓް" ފަހުން ހަނދާނަކަށް ބެހެއްޓުމަށެވެ. މިގޮތުން އެކި ކަންކަމުގެ ފޮޓޯ ޝޫޓްތައް ނެގުމަށް "މޮމެންޓް އެމްވީ" އިން ދެނީ ވަރަށް ހިތްގައިމު ޕެކޭޖްތަކެކެވެ.

"މޮމެންޓް އެމްވީ" އިން ނަގާފައިވާ މެޓަނިޓީ ފޮޓޯއެއް
ކައިވެނި ހަފުލާތަކާ، ރަންކިޔުމާ، އެންގޭޖްމަންޓް، ގްރެޖުއޭޝަން، މެޓަނިޓީ، ބޭބީ ޝަވަ އަދި އުފަންދުވަހުގެ ޕާޓީތަކަށް ވެސް މޮމެންޓް އެމްވީގައި ޕެކޭޖްތައް އެބަހުއްޓެވެ. އެއްވެސް ފޮޓޯ ޝޫޓަކަށް ކުރިއާލައި ބުކިން ފީއެއް ދައްކަން ނުޖެހޭއިރު، ފޮޓޯ ޝޫޓްތަކުގެ އަގަކީ ގަޑިއިރަކަށް 1،000 ރުފިޔާ އެވެ. ހިތްގައިމު ރީތި ފޮޓޯތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ "މޮމެންޓް އެމްވީ" އިން ބުނަނީ އެންމެ ބޮޑު އުފަލަކީ ނަގާ ފޮޓޯ އާ މެދު ކަސްޓަމަރުން ހިތްހަމަޖެހުން ކަމަށެވެ.

"މޮމެންޓް އެމްވީ" އިން ނަގާފައިވާ ކައިވެނި ހަފުލާއެއްގެ ފޮޓޯއެއް
ރާއްޖޭގެ ފޮޓޯގްރަފީ އިންޑަސްޓްރީއާ މެދު އާންމުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ނަގާ ފޮޓޯ ނުލިބި ލަސްވުމުގެ ޝަކުވާ އެވެ. "މޮމެންޓް އެމްވީ" ގެ މަގުސަދަކީ މި ކަމަށް ހައްލެއް ގެނެސްދިނުމެވެ.
އެގޮތުން ކައިވެނި ހަފުލާތައް ފިޔަވައި ކޮންމެ ފޮޓޯ ޝޫޓެއް ވެސް، ނިމޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެޑިޓްކޮށް ނިންމައި ކަސްޓަމަރަށް ފޮނުވައިދޭނެ އެވެ. ފޮޓޯ ޝޫޓްތަކުގައި ނެގޭނެ ފޮޓޯގެ އަދި ބައިވެރިވެވޭނެ މީހުންގެ ވަކި އަދަދެއް ނެތެވެ.
ފުލް ރިޒޮލިއުޝަންގައި ހުރިހާ ފޮޓޯއެއް ފޮނުވައިދޭއިރު، ފޮޓޯތައް ފޮނުވަނީ އެ ކަސްޓަމަރެއްގެ ނަން ޖަހާފައިވާ ޕާސަނަލައިޒްޑް ގެލަރީއެއްގަ އެވެ. މި ގެލެރީއަކީ ވަކިވަކި ފޮޓޯ އަދި މުޅި ކަލެކްޝަން ފަސޭހައިން ޑައުންލޯޑްކޮށްލެވޭ ފޯނާ ވެސް ރަށްޓެހި ގެލަރީއެކެވެ.

"މޮމެންޓް އެމްވީ" އިން ތައްޔާރުކޮށްފައިވާ ފޮޓޯ ގެލަރީއެއް
މާލެ ސަރަހައްދުގެ ކޮންމެ ލޮކޭޝަނެއްގައި ވެސް ފޮޓޯ ނެގޭނެ ކަމަށް "މޮމެންޓް އެމްވީ" އިން މައުލޫމާތުދެ އެވެ. "މޮމެންޓް އެމްވީ" އިން ނަގާފައިވާ ހިތްގައިމު ފޮޓޯ ޝޫޓްތައް "މޮމެންޓް އެމްވީ" ގެ އިންސްޓަގްރާމް، ފޭސްބުކް އަދި ޓިކްޓޮކްގައި ފެންނަން އެބަހުއްޓެވެ.
ސޯޝަލްމީޑިއާއިން މެސެޖް ކޮށްލައިގެން ނުވަތަ "މޮމެންޓް އެމްވީ"ގެ ފޯނު ނަންބަރު 9464882 އަށް ގުޅާލައިގެން ވެސް ފޮޓޯ ޝޫޓެއް ބުކްކޮށްލެވިދާނެ އެވެ.