ދުނިޔެ

ބޮލީވުޑުގައި އެންމެ ހާލުގައި އުޅެނީ ސަނީ ލިއޯނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ސަނީ ލިއޯނީ ދިރިއުޅެމުން އަންނަނީ ބޮލީވުޑުގެ އެހެން ތަރިންތަކާއި ޚިލާފަށް މާ އުނދަގުލުގައި ކަމަށް ސަނީ ލިއޮނީ ބުނެފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ނޫސް ޗެނަލެއް ކަމަށްވާމިޑް ޑޭ. ކޮމްއަށް ދިން އިންޓަރވިއުއެއްގައި ސަނީ މިހެން ބުނެފައިވަނީ ކޮވިޑު-19 އާއި ގުޅިގެން ސަނީ ލިއޮނީގެ ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި ގުޅުވައިގެންނެވެ.

ހިންދުސްތާން ޓައިމްސްއަށް ސަނީ ދިން އިންޓަރވިއުއެއްގައި އޭނާ ބުނެފައިވަނީ އޭނަަ ލޮސްއެންޖަލަސް ގައި އުޅުނު ކަމުގައިވީ ނަމަވެސް މިހާރު ހުރީ އިންޑިއާ އަށް ދާން ކެތްމަދު ވެފައި ކަމަށެވެ. އަދި އޭނާ ލޮސްއެންޖަލަސް ގައި ހުރިނަމަވެސް ހިތް އޮތީ އިންޑިއާގައި ކަމަށް ބުންޏެވެ. މީގެ އިތުރުން ކޮވިޑު-19 އާއި ގުޅިގެން އެއްވެސް މަސައްކަތެއް ނެތްކަމާއި އެކަމުގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި އުނދަގޫތައް ދިމާވެފައިވާ ކަމަށެވެ.

އިންޑިއާގައި ކޮވިޑުގެ ކޭސް ތައް ގިނަކަން ފާހަގަކޮށް ސަނީ ބުނީ ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވީނަމަވެސް ނުރައްކާ އަދި ކުޑަނުވާ ކަމަށާއި، އާމުދަނީ ހޯދަން ކުރާ މަސައްކަތްތަކުގެ ކުރިން އަމިއްލަ ސިއްޙަތަށް އޭނާ ބަލާ ކަމަށެވެ.

ސަނީ ލިއޯނީ ބުނެފައިވާ ގޮތުގައި ބޮލިވުޑުގައި އެހެން ތަރިންނަށް ވުރެން އޭނާ އުޅެމުން ދަނީ އުނދަގުލުގައެވެ. އަދި އޭނަ ފިލްމީ ދާއިރާއަށް ވަނުމުން އެހެން ފަރާތް ތަކުން ބަލައިގަތީތީ އެކަމަށް ހިތުގެ ފުންމިނުން ޝުކުރު އަދާ ކުރާކަމަށް އޭނާ ބުނެފައިވެއެވެ..

މީގެ އިތުރުން ސަނީ ބުނީ މިހާރު ހުރި ހިސާބަށް ވެސް އާދެވިފައި މިވަނީ އޭނަގެ ފޭނުންގެ ލޯތްބާއި ފޭނުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބުގެ  ސަބަބުން ކަމަށށ، އެކަމަށް ޓަކައި ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!