ހަންގޭރީން ދޭ 25 ސްކޮލާޝިޕްގެ ފުރުސަތަށް ހުޅުވާލައިފި

ހަންގޭރީން ލިބިފައިވާ ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނީ "ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލާޝިޕް 2025/2026" އިން ޖުމްލަ 25 ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ބެޗްލާސް ޑިގްރީގެ 8 ފުރުސަތާއި މާސްޓާސް ޑިގްރީގެ 14 ފުރުސަތާ އަދި ޑޮކްޓޯރަލް ޑިގްރީ (ޕީއެޗްޑީ ނުވަތަ ޑީއެލްއޭ) ގެ 3 ފުރުސަތެވެ.
އިއުލާނުގައި ވަނީ އެދޭ ކޯހުގެ ޝަރުތުތަކުގެ އިތުރުން ތިން ޝަރުތެއް ފުރިހަމަވާން ޖެހޭނެކަން ފާހަގަކޮށްފަ އެވެ. އެއީ:
- މިނިސްޓްރީން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާ ނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން
- އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން
- އެދޭ ކޯހާ އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން






ކޮމެންޓް