Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އެމްޑީޕީއަށް އޮތް އިތުބާރު ދެމެހެއްޓޭނީ އިންތިއަށް:ވައްޑެ

އެމްޑީޕީއަށް އޮތް އިތުބާރު ދެމެހެއްޓޭނީ އިންތިއަށް:ވައްޑެ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް އެ ޕާޓީގެ މެމްބަރުން ކުރާ އިތުބާރު ދެމެހެއްޓޭނީ، މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)ފަދަ މީހަކު ޕާޓީގެ ޗެއާޕާސަންކަމަށް އިންތިހާބު ކޮށްގެން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރެއްވުމަށް އިންތި ވަނީ ނިންމަވައިފައެެވެ. އިންތި ވަނީ މީސްމީޑިއާ މެދުވެރިކޮށް އެކަން ހާމަކުރައްވައިފައެވެ.

އިންތިގެ އިތުރުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް އެ މަގާމަށް ވާދަކުރައްވަން ވަނީ ނިންމައިފައެވެ.

Advertisement
HDC — Sidebar (box)

ވައްޑެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީއަށް މިހާރު އެންމެ މުހިންމީ އިތުބާރު ހިފެހެއްޓުން ކަމަށާއި، އެކަމަށް އެންމެ ލާއިގު ބޭފުޅަކީ އިންތި ކަމަށެވެ.

https://twitter.com/waddey_/status/1492591991376736256

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާއްވަނީ ކުރިން އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ މަގާމުގެ ދައުރު އިއްޔެ ހަމަވުމާ ގުޅިގެންނެވެ.

އަންނަ އޭޕްރީލްމަހުގެ 16ގައި ބާއްވާ މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ އިއްޔެގެ ވަގުތެއްގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް