Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ސަރުކާރާ ހެދި ރޯޑް ޕްރޮޖެކްޓް ނުފެށިފައި، މޭޔަރުގެ ކަންބޮޑުވުން

ސަރުކާރާ ހެދި ރޯޑް ޕްރޮޖެކްޓް ނުފެށިފައި، މޭޔަރުގެ ކަންބޮޑުވުން
ސަރުކާރުން ބަޖެޓު ނުދީގެން، މާލޭގެ ރޯޑް ޕްރޮޖެކްޓް ހުއްޓިފައި އޮންނާތީ، މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ. މޭޔަރު މި ކަންބޮޑުވުން ފާޅުކުރެއްވީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓްވީޓަަކާ ގުޅިގެންނެވެ. ޝިފާ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި މާލޭގެ ޕަބްލިކް ބަސް ދަތުރުތައް، ރޯޑް ޕްރޮޖެކްޓްގެ ދަށުން ރޭވިފައިވާ ގޮތަށް ނުފެށި ލަސްވަމުންދާކަން ފާހަގަ ކުރެއްވިއެވެ. ޝިފާ ވިދާޅުވީ މާލޭގެ މަގަކުން ޓެކްސީއެއް ނުލިބި އުޅޭތާ ވެސް ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި،  ލަގެޖް ގެންދާ އުޅަނދަކީ ކުޑަ ދަރިފުޅު ވެސް ލައިގެން ދަތުރު ކުރަން ޖެހޭ އުޅަނދު ކަމަށެވެ. ޝިފާގެ ޓްވީޓަށް ދެއްވި ޖަވާބުގައި މޭޔަރު ވިދާޅުވީ، ރޯޑް ޕްރޮޖެކްޓް ވެސް އޮތީ ބަޖެޓް ހިފަހައްޓައިފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޝްރޫއު ނުފެށި 4 މަސް ވެފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން، މާލޭގެ މޭޔަރުގެ ޕަބްލިކް ވައިބަރ ގްރޫޕްގައި މިކަމާ ގުޅޭގޮތުން ފޮނުއްވި މެސެޖެއްގައި މުއިއްޒު ވަނީ ބަޖެޓް ނުދީ، ރޯޑް ޕްރޮޖެކްޓް ލަސް ކުރާތީ، އެކަން އެގޮތަށް ނުކުރުމަށް އެކި މިިނިސްޓްރީތަކަށް ސިޓީން ވެސް ދަންނަވައިފައިވާނެ ކަމަށް ވިދާޅުވެފައެވެ.
"އުއްމީދު ކުރަނީ އަނެއްކާ ވެސް ވަަރަށް އަވަހަށް ފެށޭނެ ކަމަށް." މޭޔަރު ވިދާޅުވިއެވެ.
މާލޭގައި ޕަބްލިކް ބަސް ސަރވިސް ފެށުމަކީ، ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން(ސެޕް)ގައި ވެސް ހިމަނައިފައިވާ ކަމެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް