ވިޔަފާރި

ގްރޭޓާ މާލޭގައި މަސް ދަޅު ބަހަން ފަށާނީ އަންނަ ހަފްތާގެ ބުރާސްފަތީ ގައި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކުރިއަށް ރޯދަ މަހާ ދިމާކޮށް ސަރުކާރުން ގޭބިސީއަކަށް ދޭން ނިންމާފައިވާ މަސް ދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބެހުމުގެ މަސައްކަތް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފަށާ ގޮތަށް ނިންމައިފި އެވެ.

Ads by STELCO

މިދިޔަ ރޯދަ މަހު ގޭބިސީތަކަށް ފުށާއި ހަނޑޫ ބަސްތާ ބެހި ނަމަވެސް ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ދޭނީ ދަޅު މަސް ކޭހެއް ކަމަަށެވެ.

މަސް ދަޅު ކޭސްތައް ހދ. އަތޮޅުގައި ބެހުމުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށްދާއިރު އެސްޓީއޯއިން މިއަދު މީޑިއާތަކާ ހިއްސާކުރި މީޑިއާ ބްރީފްގައި ބުނީ ގްްރޭޓާ މާލޭގައި މަސް ދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އަންނަ ބުރާސްފަތިން ފެށިގެން މި މަހުގެ 28 އާ ހަމައަށް މެންދުރު ފަހު 2:30 އިން ހަވީރު ހަޔަކަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ދޭން ނިންމާފައި ވަނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް)ގެ ދަޅު ހިމެނޭ ކޭސްތަކެވެ.

އެސްޓީއޯއިން ބުނިގޮތުގައި މަސްދަޅު ކޭސް 5 ތަނަކުން ދޫކުރާނެ އެވެ.

އޭގެ ތެރޭގައި

  • މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔާއި މިފްކޯ އޮފީސް ކޮމްޕައުންޑް
  • ވިލިމާލޭ ކައުންސިލް އޮފީސް
  • އުމަރު ޒާހިރު ބިލްޑިން (ފޭސް 1)
  • ހިޔާ ފްލެޓް ޓަވާ 10 ގެ ޔޫތު ސެންޓަރު (ފޭސް 2)

"މިއަހަރު ވެސް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބިވަޑައިގަންނަވާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. އަދި ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ." އެސްޓީީއޯއިން ހިއްސާކުރި މީޑިއާ ބްރީފްގައި ބުންޏެވެ.