ހިދުމަތުގައި 11 އަހަރު ފާހަގަކުރުން، ހައްޖާއި އުމްރާވެރިންނަށް ހާއްސަ ހަދިޔާއަކާ އެކު

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ އެންމެ މަގުބޫލު އެއް ހިދުމަތް ކަމުގައިވާ "ހައްޖު އަދި އުމްރާ ތަކާފުލް" ގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.
50 އިންސައްތައަށް ވުރެ ބޮޑު ޑިސްކައުންޓަކާ އެކު ގެނެސްފައިވާ މި ބަދަލުގެ ދަށުން، މިހާރު ކޮންމެ ހައްޖު އަދި އުމްރާވެރިއަކަށް ވެސް 300 ރުފިޔާއަށް މި ޕްލޭން ބައްލަވައިގަނެވޭނެ އެވެ.
ހައްޖާއި އުމްރާގެ އަޅުކަމުގެ ދަތުރުމަތީގައި ދިމާވެދާނެ ސިއްހީ އަދި މާލީ ގެއްލުން ލިބޭ ހާލަތްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ހައްޖު ތަކާފުލް ކުރިން ފޯރުކޮށްދީފައިވާ އަގަކީ 750 ރުފިޔާ އެވެ. އަދި އުމްރާ ތަކާފުލް ކުރިން ފޯރުކޮށްދެމުންދިޔަ އަގަކީ 550 ރުފިޔާ އެވެ.
އަޔާދީ ތަކާފުލްއިން މައުލޫމާތު ދޭ ގޮތުގައި ވޭތުވެދިޔަ 11 އަހަރު ވެސް ކުންފުނީގެ މައިގަނޑު އަމާޒަކަށްވެފައި ވަނީ ރައްޔިތުންނަށް އަތްފޯރާފަށުގައި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ، އިސްލާމީ ޝަރީއަތާ ރައްޓެހި އިންޝުއަރަންސް ނިޒާމެއް ގާއިމުކުރުމަށެވެ.
މިފަހަރު މި ގެނެވުނު ބަދަލާ އެކު ހައްޖު އަދި އުމްރާއަށް ދާ ފަރާތްތަކަށް ޕްލޭން ނެގުމަށް ޓަކައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ހައްޖާއި އުމްރާވެރިންނަށް ޑޮލަރު ދޫކުރަމުންދާ، ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާއިން ހައްޖާއި އުމްރާއަށް ހާއްސަ ތަކާފުލް ޕްލޭންގެ މައުލޫމާތު ސާފުކޮށް، ނެގޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ. މި ހިދުމަތް ލިބޭނެ ގަޑިއަކީ 27 ފެބްރުވަރީ އާ ހަމައަށް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. އެއަށްފަހު، މާޗް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހިދުމަތަށް ހާއްސަ ކުރެވިފައިވާ ގަޑިއަކީ ހެނދުނު 9:00 އިން 11:30 އަށެވެ.
މީގެ އިތުރުން، ކުރިއެކޭ ވެސް އެއްގޮތަށް މައި އެލައިޑް ޕޯޓަލާއި އެލައިޑް އެޕް މެދުވެރިކޮށް ވަގުތުން މި ޕްލޭން ބައްލަވައިގަނެވޭނެ ކަމުގައި އަޔާދީން މައުލޫމާތުދެ އެވެ.