އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫގެ ހަދިޔާ ފޮށީގެ ކާމިޔާބު ދެ އަހަރަށް ފަހު ހަދިޔާ ފޮށްޓާ އެކު، މި އަހަރު ކަރާ ފެޅުން

. ، ދެން އޮންލައިން

އުރީދޫގެ ހަދިޔާ ފޮށީގެ ކާމިޔާބު ދެ އަހަރަށް ފަހު ހަދިޔާ ފޮށްޓާ އެކު، މި ރޯދަ މަހު "ކަރާ ފަޅައިގެން" އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލްއެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން ފަށައިފި އެވެ.

ފާއިތުވެދިޔަ ދެ ރޯދަ މަހު އުރީދޫ ސުޕައެޕް މެދުވެރިކޮށް ގެނެސްދިނީ ހަދިޔާ ފޮއްޓެކެވެ. ދުވާލަކު ދެފަހަރު "ޓެޕް" ކޮށްގެން ހަދިޔާ ފޮށި ހުޅުވައި، އެކި އިނާމުތައް ކަސްޓަމަރުންނަށް ހޯދުމުގެ ފުރުސަތު އުރީދޫން ފަހިކޮށްދިނެވެ. ކޮންމެ ދުވަހަކު ލިބޭ އިނާމުތަކާ އެކު، ގްރޭންޑް ޕްރައިޒްތައް ވެސް ދިނެވެ.

މި ރޯދަ މަހު އުރީދޫން ހަދިޔާ ފޮށި އެންހެސްކޮށްފައި ވަނީ ކަރައެއް ގޮތަށެވެ. "ޓެޕް" ކޮށްގެން ފޮށި ހުޅުވުމުގެ ބަދަލުގައި މި ފަހަރު ޖެހެނީ "ޓެޕް" ކޮށްގެން އެ "ކަރާ ފަޅާލަން" ށެވެ.

އުރީދޫގެ ސުޕަ އެޕްގައި އެކްޓިވް އެންމެނަށް އެ އެޕްއިން ފެންނަ ކަރާގައި "ޓެޕް" ކޮށްގެން "ކަރާ ފެޅުމުގައި" ބައިވެރިވެވޭނެ އެވެ.

"ކަރާ ފަޅައިގެން" ކޮންމެ ދުވަހަކު ވެސް އަގުހުރި އިނާމުތަކެއް ހޯދަން މަސައްކަތް ކުރެވޭނެ އެވެ. އަދި ސްކްރީނުން ފެންނަ ދެ ހަދިޔާ ފޮށީގެ ތެރެއިން ކޮންމެވެސް އެއް ފޮއްޓަކުން ވަގުތުން ހަދިޔާއެއް ހޯދުމުގެ ފުރުސަތު ވެސް ލިބެ އެވެ.

ރޯަދަ މަހުގެ ކޮންމެ ދުވަހަކު "ކަރާ ފެޅުމުގައި" ބައިވެރިވާ މީހުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 65 އިންޗީގެ ޓީވީއަކާ އެކު އެޕަލްގެ 9 ޕްރަޑަކްޓެއް ލިބޭނެ އެވެ. އޭގެ ތެރޭގައި،

  • އެޕަލް އައިފޯން 16 ޕްރޯ
  • މެކްބުކް އެއާ
  • އެއާޕޮޑްސް 4
  • އެޕަލް ވޮޗް
  • އެޕަލް ޓީވީ
  • އެޕަލް ހޯމްޕޮޑް
  • އެޕަލް އައިޕެޑް
  • އެޕަލް ޕެންސިލް
  • އެއާޕޮޑްސް މެކްސް

ކޮންމެ ދުވަހަކު "ކަރާ ފަޅައިގެން" ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔާ، ވެކިއުމް ކްލީނަ، ނިންޓެންޑޯ ސްވިޗް އަދި އެޕަލް ވޮޗް ފަދަ ހަދިޔާތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.