ޚަބަރު ސަރުކާރު

ރޯދައިގެ ފަހު ދިހައިގައި މާލެ ސަރަހައްދުގެ 34 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިސްލާމީ މަރުކަޒުގައި ތަރާވީހް ނަމާދު ކުރަނީ: ފަހު ދިހައިގައި މާލެ ސަރަހައްދުގެ 34 މިސްކިތެއްގައި ދަމުނަމާދު ކުރާނެ / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މި ރޯދަ މަހުގެ ފަހު ދިހައިގައި މާލެ ސަރަހައްދުގެ 34 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން ވަކިވަކިން އިއްޔެ ކުރި ދެ އިއުލާނެއްގައި ވަނީ ރޯދަ މަހުގެ ފަހު ދިހައިގައި ދަމުނަމާދު ކުރާނެ މިސްކިތްތަކާއި އިއުތިކާފަށް ތިބެވޭނެ މިސްކިތްތައް އާންމުކޮށްފަ އެވެ.

ދަމުނަމާދު ކުރަން 34 މިސްކިތެއް ހަމަޖައްސާފައިވާއިރު، އޭގެ ތެރެއިން 21 މިސްކިތަކީ މާލޭގައި ހުންނަ މިސްކިތްތަކެވެ. ހުޅުމާލެ ފޭސް އެކެއްގެ 6 މިސްކިތެއްގަ އާއި ފޭސް ދޭއްގެ 4 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ 3 މިސްކިތެއްގައި ވެސް ދަމުނަމާދު ކުރާނެ އެވެ.

ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:

  • މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) / މާލެ
  • މަސްޖިދުލްމަލިކި ސަލްމާން / މާލެ
  • މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) / މާލެ
  • މަސްޖިދުލްފުރްޤާން / މާލެ
  • މަސްޖިދުއްނޫރު / މާލެ
  • މަސްޖިދުއްޝަހީދު ޢަލީ / މާލެ
  • މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) / މާލެ
  • މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް) / މާލެ
  • މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) / މާލެ
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) / މާލެ
  • މަސްޖިދު ޞަލާޙުއްދީން / މާލެ
  • މަސްޖިދު ޖަލާލުއްދީން / މާލެ
  • މަސްޖިދު އިބްރާހީމް / މާލެ
  • މަސްޖިދު އިސްކަންދަރު / މާލެ
  • ވަގުތީ މިސްކިތް (ބޮޑުގެ) / މާލެ
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް) / މާލެ
  • މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް) / މާލެ
  • މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް) / މާލެ
  • މަސްޖިދު ޢަފީފުއްދީން / މާލެ
  • މާފަންނު އާމިސްކިތް / މާލެ
  • މަސްޖިދުއްޛިކްރާ / މާލެ
  • މަސްޖިދުލްބިއްރި / ވިލިމާލެ
  • މަސްޖިދުއްސަލާމް / ވިލިމާލެ
  • މަސްޖިދުލްއިޚްލާސް / ވިލިމާލެ
  • މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް) / ހުޅުމާލެ ފޭސް 1
  • މަސްޖިދު ރަޝީދު / ހުޅުމާލެ ފޭސް 1
  • މަސްޖިދު ޢަޒީޒާ މޫސާ / ހުޅުމާލެ ފޭސް 1
  • މަސްޖިދުލްއަޞްދިޤާ / ހުޅުމާލެ ފޭސް 1
  • މަސްޖިދުލްވާލިދައިނި / ހުޅުމާލެ ފޭސް 1
  • މަސްޖިދު މުޙައްމަދު / ހުޅުމާލެ ފޭސް 1
  • މަސްޖިދު ޙަސަން ޢާދަމް / ހުޅުމާލެ ފޭސް 2
  • މަސްޖިދު އަމީލް ޖަލީލް / ހުޅުމާލެ ފޭސް 2
  • މަސްޖިދު އަބީބަކުރިނިއްޞިއްދީޤް/ ހުޅުމާލެ ފޭސް 2
  • މަސްޖިދު ޢުޘްމާނު ބިން ޢައްފާން / ހުޅުމާލެ ފޭސް 2

އިއުތިކާފަށް ތިބުމަށް ހާއްސަކޮށްފައި ވަނީ މާލޭގެ 15 މިސްކިތެކެވެ. ހުޅުމާލެ ފޭސް އެކެއްގެ 5 މިސްކިތެއްގަ އާއި ފޭސް ދޭއްގެ 2 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ އެއް މިސްކިތެއްގައި އިއުތިކާފަށް ތިބެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

އިއުތިކާފަށް ތިބުމަށް ހާއްސަކޮށްފައިވާ މިސްކިތްތައް:

  • މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) / މާލެ
  • މަސްޖިދުލްމަލިކި ސަލްމާން / މާލެ
  • މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) / މާލެ
  • މަސްޖިދުލްފުރްޤާން / މާލެ
  • މަސްޖިދުއްނޫރު / މާލެ
  • މަސްޖިދުއްޝަހީދު ޢަލީ / މާލެ
  • މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) / މާލެ
  • މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް) / މާލެ
  • މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) / މާލެ
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) / މާލެ
  • މަސްޖިދު ޞަލާޙުއްދީން / މާލެ
  • މަސްޖިދު ޖަލާލުއްދީން / މާލެ
  • މަސްޖިދު އިބްރާހީމް / މާލެ
  • މަސްޖިދު އިސްކަންދަރު / މާލެ
  • މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް) / މާލެ
  • މަސްޖިދުލްބިއްރި / ވިލިމާލެ
  • މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް) / ހުޅުމާލެ ފޭސް 1
  • މަސްޖިދު ރަޝީދު / ހުޅުމާލެ ފޭސް 1
  • މަސްޖިދު ޢަޒީޒާ މޫސާ / ހުޅުމާލެ ފޭސް 1
  • މަސްޖިދުލްއަޞްދިޤާ / ހުޅުމާލެ ފޭސް 1
  • މަސްޖިދު މުޙައްމަދު / ހުޅުމާލެ ފޭސް 1
  • މަސްޖިދު ޙަސަން ޢާދަމް / ހުޅުމާލެ ފޭސް 2
  • މަސްޖިދު އަމީލް ޖަލީލް / ހުޅުމާލެ ފޭސް 2

މި ރޯދަ މަހު މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި އަންނަނީ ހިފުޒުކޮށް ތަރާވީހް ނަމާދު ކުރަމުންނެވެ. އެއީ މާލޭގެ 16 މިސްކިތަކާއި ހުޅުމާލެ ފޭސް އެކެއްގެ 5 މިސްކިތަކާއި ފޭސް ދޭއްގެ 2 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ މިސްކިތެއްގަ އެވެ.

Ads by HDC