ވިޔަފާރި

އެލައިޑުން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި އިފްތާރު ޕެކް ބަހަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެޗްޑީސީން މީގެ ކުރީ ރޯދަ މަހެއްގައި ބޭއްވި ރޯދަ ވީއްލުމެއްގެ ތެރެއިން - ފޮޓޯ: އެޗްޑިސީ

އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުމާ ދިމާކޮށް މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެ ކުންފުނިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އިފްތާރު ޕެކް ބެހުމުގެ މަސައްކަތް ފަށައިފި އެވެ.

Ads by MPL

އެ ގޮތުން މާލޭގެ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ޖަލާލުއްދީން މިސްކިތް އަދި ހުޅުމާލޭގެ ހުޅުމާލެ ގްރޭންޑް މިސްކިތާއި މަސްޖިދު މުހައްމަދު މިސްކިތުގައި އިފްތާރު ޕެކް ބަހައިފައިވާ ކަމަށް އެލައިޑް އިން ބުންޏެވެ.

އަދި ރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މާލެ ސަރަހައްދުގެ އެހެނިހެން މިސްކިތްތަކުގައިވެސް އެ ހަރަކާތް ކުރިއަށް ގެންދަން އެލައިޑް އިން ވަނީ ނިންމައިފަ އެވެ.

އެ ގޮތުން އަންނަ ހުކުރު ދުވަހު ހުޅުމާލޭގެ އުސްމާން ބިން އައްފާން މިސްކިތާއި އަދި އަންނަ ހޮނިހިރުގައި ވިލިނގިލީގެ މަސްޖިދު އަލް ބިއްރީގައި އިފްތާރި ޕެކް ބަހާނެ ކަމަށް އެލައިޑް އިން ބުންޏެވެ.

މި އަހަރަކީ އެލައިޑުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އަހަރު ކަމަށް ވުމާއި އެކު، އަހަރު ތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް އެ ކުންފުނިން ވަނީ ރާވާފައެވެ.

މިއީ އެ ކުންފުނީގެ ދެމިއޮތުމަށް ރައްޔިތުންގެ ފަރާތުން ވެދީފައިވާ އެހީތެރިކަން ފާހަގަ ކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަން ކަމަށް އެލައިޑުން މައުލޫމާތު ދިނެވެ.

Ads by Allied Insurance