Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ވިޔަފާރި

އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ޒަރޫރީ ތަކެތީގެ ކޯޓާ އިތުރުކޮށްދީފި

އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ޒަރޫރީ ތަކެތީގެ ކޯޓާ އިތުރުކޮށްދީފި
އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ޒަރޫރީ އެކި ބާވަތްތަކުގެ ތަކެއްޗަށް މިހާރު ކަނޑައަޅާފައިވާ ކޯޓާ އިތުރުކޮށްދިނުމަށް އެ ގައުމުން ނިންމައިފި އެވެ. އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ އާ ހަވާލާދީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެ ގައުމުން ރާއްޖެއަށް އެކްސްޕޯޓް ކުރަމުން އަންނަ ޒަރޫރީ އެކި ބާވަތްތަކުގެ މުދަލަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުމުގެ ތެރެއިން މި އަހަރާއި އަންނަ އަހަރަށް ކަނޑައެޅިފައިވާ ކޯޓާގެ އަދަދު އިތުރުކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއީ 1981 ވަނަ އަހަރުން ފެށިގެން އަމަލުކުރެވެމުން އަންނަ އެއްބަސްވުމުގެ ދަށުން ކޯޓާގެ އަދަދު އެންމެ ބޮޑަށް އިތުރުކުރެވުނު ފަހަރު ކަމުގައި ފާހަގަކުރި އެވެ. އެގޮތުން އުމްރާނީ ތަރައްގީގެ އެކި މަސައްކަތްތަކުގައި އެންމެ ގިނައިން ބޭނުންކުރާ ހިލަވެލީގެ ބާވަތްތަކަށް ކަނޑައަޅާފައިވާ ކޯޓާ 1،300،000 މެޓްރިކް ޓަނަށް ވަނީ އިތުުރުކޮށްފަ އެވެ. މިއީ ކުރިއާ އަޅާބަލާއިރު 30 އިންސައްތައިގެ އިތުރުވުމެއް ކަމަށާއި މިކަމުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތަކަށް ކުރިއެރުން ލިބޭނެ ކަމަށް ދެކޭ ކަމަށް ވެސް ހައިކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ. އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީން ހާމަކުރި ގޮތުގައި އެ ގައުމުން ރާއްޖެއަށް އެކްސްޕޯޓުކުރާ ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތައް ކަމަށްވާ ހަކުރު، ހަނޑޫ އަދި ފުށަށް ކަނޑައަޅާފައިވާ ކޯޓާއިން ފަސް އިންސައްތަ އިތުރުކޮށްފައިވާ ކަމުގަ އެވެ. އޭގެ އިތުރުުން މުގަށް ކަނޑައަޅާފައިވާ ކޯޓާ 56 އިންސައްތައިން އިތުރުކޮށްފައިވާކަން ފާހަގަކުރި އެވެ.

ކޯޓާ އިތުރުކުރި ބާވަތްތަކާއި މިންވަރު:

  • ބިސް - 448،913،750
  • އަލުވި - 22،589 މެޓްރިކް ޓަނު
  • ފިޔާ - 37،537 މެޓްރިކް ޓަނު
  • ހަނޑޫ - 130،429 މެޓްރިކް ޓަނު
  • ފުށް - 114،621 މެޓްރިކް ޓަނު
  • ހަކުރު - 67،719 މެޓްރިކް ޓަނު
  • މުގު - 350 މެޓްރިކް ޓަނު
ހައިކޮމިޝަނުން ވަނީ މިދިޔަ އަހަރުތަކުގައި އިންޑިއާއިން ގައުމުތަކަށް ހަނޑޫ، ހަކުރު އަދި ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލި ނަމަވެސް ރާއްޖެއަށް އެ ތަކެތި ފޯރުކޮށްދިނުމުގައި މެދުކެނޑުމެއް އައިސްފައި ނުވާކަން ފާހަގަކޮށްފަ އެވެ. ރާއްޖެއަށް އެހީތެރިކަން ދެމުން ދަނީ އެ ގައުމުގެ ނެއިބަހޫޑް ފަސްޓް ޕޮލިސީގެ ދަށުން ކަމުގައި ހައިކޮމިޝަނުން ބުންޏެވެ. އެކްސްޕޯޓްކުރާ ތަކެތީގެ ކޯޓާ އިތުރުކުރަން ނިންމިއިރު، ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑު އިންޑިއަން ރުޕީސް (69 މިލިއަން ޑޮލަރު) ރާއްޖެއަށް ދިނުމަށް އިންޑިއާގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އެ ގައުމުގެ ފިނޭންސް މިނިސްޓަރު މިދިޔަ ފެބްރުއަރީ މަހު ގާނޫނު ހަދާ މަޖިލިހަށް ހުށަހެޅުއްވި 2026-2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމެނި އެ އަދަދަކީ 2025-2024 ގެ ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ 20 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައެޅީ 470 ކްރޯޑު ރުޕީސް (54 މިލިއަން ޑޮލަރު) އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް