ޚަބަރު ސަރުކާރު

ޒަމާނީ ފެންވަރަށް އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން 829 މިލިއަނަށް އާރުޑީސީއަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޒަމާނީ ފެންވަރަށް އައްޑޫ ލިންކް ރޯޑް ތަރައްގީކުރުމަށް އާރުޑީސީ އާ ހަވާލުކުރުން / ފޮޓޯ:އާރުޑީސީ

ޒަމާނީ ފެންވަރަށް އައްޑޫ ލިންކް ރޯޑް ތަރައްގީކުރުމަށް 829.7 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

Ads by STELCO

އައްޑޫ ސިޓީގެ ލިންކް ރޯޑް މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމްދީދީ، ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ތަރައްގީކުރާނެ އެވެ. އެގޮތުން:

  • 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އެޅުން
  • ފޭދޫގައި ފެން ހިންދާ ނިޒާމް ގާއިމުކުރުން
  • ދުވާރުތައް ހެދުން
  • ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން

މަޝްރޫއުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކުރީ 829.7 މިލިއަން ރުފިޔާއަށް 1،440 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެއީ ގާތްގަނޑަކަށް ހަތަރު އަހަރު ދުވަހުގެ މުއްދަތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!