ޚަބަރު ސަރުކާރު

އޮޓޯ ނިޒާމެއްގެ ތެރެއިން ޑިޖިޓަލައިޒްޑް ކުރެވުނީމަ ކޮރަޕްޝަން ވަރަށް މަދުވާނެ: ރައީސް

. ، ދެން އޮންލައިން
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސް ވަނަ އެޕިސޯޑުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

އޮޓޯ ނިޒާމެއްގެ ތެރެއިން ޑިޖިޓަލައިޒްޑް ކުރެވިގެން ކުރިއަށްދާ ކަމަށްވާ ނަމަ ކޮޮރަޕްޝަން ވަރަށް މަދުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް އޮފީހުން ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" މިއަދުގެ ޕޮޑްކާސްޓުގައި ރައީސް ވަނީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ގެންގުޅޭ "ދިވެހިރާއްޖެ 2.0" ޝިއާރާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ "ދިވެހިރާއްޖެ 2.0" ގެ މާނައަކީ، ރާއްޖޭގައި މިހާރު ސަރުކާރުން، ދައުލަތުން ދޭ ހިދުމަތްތަކާއި، މަސައްކަތްކުރާ ނިޒާމު މި އޮތްގޮތަށްވުރެ ބޮޑަށް، މާބޮޑަށްވެސް ޑިޖިޓަލައިޒް ކުރެވިގެން ދިޔުން ކަމަށެވެ.

އޭގެ އެންމެ ބޮޑު އެއް މަގްސަދަކީ، ކޮރަޕްޝަން ނައްތާލުންކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަން ކުރެވޭނެ ގޮތް ހިއްސާކުރައްވާފަ އެވެ.

އެއީ، ވަރަށް ގިނަ މީހުން، އެ މީހުންގެ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތެއްގައި މި ހިފަނީ، އެ މީހާ އަމިއްލައަށް ހިދުމަތްތައް ދިނުމުގައި ކަންތައްތަކެއް ކުރެވޭ ފުރުސަތު އޮވެގެން. އޭގެ ބަދަލުގައި ވަރަށް ގިނަ ކަންކަން އޮޓޯ ނިޒާމެއްގެ ތެރެއިން ހަމަ ޑިޖިޓަލައިޒްޑް ކުރެވިގެން ކުރިއަށްދާ ކަމަށް ވަންޏާ، ވަރަށް މަދުވާނެ، މީހަކަށް އޭގެތެރެއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނަވަރު

ރައީސް ވިދާޅުވީ އޭގެ ދެފުށް ފެންނަވަރު ބޮޑުވާނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނަށް ބަލާއިރު، އެންމެ ރަނގަޅަށް ޑިޖިޓަލް ހިދުމަތްދޭ އެސްޓޯނިއާއަށް މި އަހަރު ކުރީކޮޅު ވަޑައިގެންނެވި މައިގަނޑު ސަބަބަކީވެސް އެއީ ކަމަށެވެ.

އެ ގައުމުގައި ކޮރަޕްޝަން ބޮޑަށް މަދުކުރެވިފައި އޮތީ ވަރަށް ދެފުށް ފެންނަ ނިޒާމެއް އޮތުމުންކަން ފާހަގަކުރެއްވި އެވެ.

Ads by Ooredoo