ގެސްޓު ހައުސްތަކަށް ލިބޭ ގެއްލުންތަކަށް އެލައިޑުގެ އިންޝުއަރެންސް ޕްލޭންތަކެއް

ރާއްޖޭގައި އަހަރެމެންގެ މުޅި ދިރިއުޅުން ބިނާވެފައި މިވަނީ މި ބިން ތިރި، ނާޒުކު، ކުދިކުދި ރަށްރަށުގައެވެ. އަހަރެމެންގެ އާއިލާތަކާއި މުދަލާއި ގޯތިގެދޮރު ވެސް ހުރީ އެތަންތަނުގައެވެ. މެހެމާނުންނަށް މަރުހަބާކިޔުމަށާއި ރަށުގެ އިގްތިސާދު ހިންގާލުމަށް ހަދާފައި ހުރި ގެސްޓްހައުސްތައް ވެސް ހުރީ ހަމަ އެ ރަށްރަށުގައެވެ.
ވިއްސާރަވެ، ފެންބޮޑުވެ، ނުވަތަ އުދަ އަރާނެ ދުވަހެއް ބުނާކަށް ނޭނގޭނެއެވެ. ގެސްޓްހައުސް ހިންގާ ފަރާތްތަކުން މިކަމަށް ވިސްނައި ގެސްޓު ހައުސްތައް އިންޝުއާ ކޮށްފޮއްފިން ހެއްޔެވެ؟
އެލައިޑުގެ ގެސްޓްހައުސް ޕްލޭނަކީ ގުދުރަތީ ކާރިސާތައް ކުރިމަތިވެގެން ގެސްޓްހައުސަށް ވެދާނެ ގެއްލުންތަކަށް އެންމެ ފުރިހަމަ ކަވަރޭޖު ފޯރުކޮށްދޭ ޕްލޭނެވެ.
އެލައިޑުން ތިން ގިންތިއެއްގެ ގެސްޓްހައުސް އިންޝުއަރަންސް ޕްލޭން ހުށަހަޅާ އިރު، ގުދުރަތީ ކާރިސާތަކުގެ އިތުރުން ހިނގާފާނެ އެހެން ހާދިސާތަކުން ވެސް ކުރިމަތިވާ މާލީ ގެއްލުންތަކަށް ބަދަލު ލިބޭނެއެވެ.
އެގިޮތުން އެލައިޑްގެ ފުރަތަމަ ޕްލޭން، ”ބަޖެޓް“ގައި އަލިފާނުގެ ހާދިސާތަކާއި ގުދުރަތީ ކާރިސާތަކުން މެދުވެރިވާ ގެއްލުންތަކަށް ކަވަރޭޖު ލިބެއެވެ. ދެވަނަ ޕްލޭން، ”ބަޖެޓު ޕްލަސް“ގައި ކުރީ ޕްލޭނުގެ ހިމެނޭ ކަންކަމުގެ އިތުރުން، ތަނެއް ހަލާކުކޮށްލައިގެން މީހަކު ގެސްޓްހައުސަށް ވަދެ ވައްކަންކޮށްފިނަމަ އެކަމުން ދިމާވި ގެއްލުމަށް ވެސް ކަވަރޭޖު ލިބޭނެއެވެ.
އެލައިޑުން ދޭ އެންމެ މަތީ ޕްލޭން ކަމަށްވާ”ގެސްޓްހައުސް ޕްރީމިއަމް“އަކީ އެ ހުރިހާ ކަވަރޭޖެއްގެ އިތުރުން، ގެސްޓްހައުސްގެ އެތެރޭގައި ފެންބޮޑުވުމާއި، ބަޔަކު ގަދަކަމުން ދޭ ގެއްލުންތައް ފަދަ ކަންކަމަށް ބަދަލު ލިބޭ ޕްލޭނެކެވެ. އަދި ހާދިސާއެއް ދިމާވެ، ގެސްޓްހައުސްގެ އޮޕަރޭޝަންސް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމުގެ ސަބަބުން ވިޔަފާރިއަށް ވާ ގެއްލުންތަކަށް އަންދާޒާވާ މިންވަރު ވެސް ކަވަރުކޮށްދޭ ”ކޮންސިކުއެންޝަލް ލޮސް“ ކަވަރޭޖު ވެސް ޕްރީމިއަމް ޕްލޭނާއެކު ލިބެއެވެ.
މި ތިން ޕްލޭނާއެކު ވެސް އެޑް-އޮންއެއްގެ ގޮތުގައި، މުވައްޒަފުން ވަޒީފާގައި އުޅޭއިރު ކުރިމަތިވެދާނެ ޒަޚަމެއް ނުވަތަ ޖިސްމާނީ ގެއްލުންތަކަށް ”ގްރޫޕް ޕާސަނަލް އެކްސިޑެންޓް“ އަދި ގެންގުޅޭ އޮޑިދޯނިފަހަރަށް މެރިން ހަލް އިންޝުއަރަންސް ޕްލޭނެއް އެޑް-އޮންގެ ގޮތުގައި ނެގޭނެއެވެ.
ވިސްނަވާށެވެ. ވިއްސާރަވުމާއި އުދައެރުމާއި، އަލިފާނުގެ ހާދިސާއެއް ކުރިމަތިވުމާއި، އިމާރާތުގެ ފެންހޮޅިއެއް ފެޅި ފެންބޮޑުވުން ފަދަ ކަންކަމަކީ ހިނގުމުގެ ފުރުސަތު އޮތް ކަންކަމެވެ. އިމާރާތުގެ ސަލާމަތަށް އެކަނި ވިސްނުމުގެ ބަދަލުގައި، ގެސްޓްހައުސަށް ޒިޔާރަތްކުރާ މެހެމާނުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވެސް ވިސްނަވާށެވެ. ދަތުރުވެރިން ތިޔަ ގެސްޓްހައުސްގައި މަޑުކޮށްލާ ދުވަސްދުވަހާއި ރޭތަކުގައި، އެމީހުންނަށް ވެސް ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ އިޙުސާސް އެންމެ ފުޅާ މިނުގައި ކުރާނީ، ދިމާވެދާނެ އެފަދަ ހާދިސާތަކުން ލިބިދާނެ ގެއްލުމަކަށް ބަދަލު ލިބޭނެކަމުގެ ޔަގީންކަން އޮތުމުންނެވެ.
އެލައިޑްގެ ގެސްޓްހައުސް ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު، އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުން ފެންނާނެއެވެ. އަވަހަށް ބައްލަވާލައްވައި، އެންމެ އެކަށޭނަ ޕެކޭޖެއް ހޯއްދެވުމަށް އުޅުއްވާށެވެ. އެންމެ ފަހުން ނެގި ޕެކޭޖުގެ މުއްދަތު ހަމަވެފައިވާ ނަމަ، މިފަހަރު ޕެކޭޖު އާކުރައްވަން ވާނީ އެލައިޑުންނެވެ.
