އަލްޙަމްދުالله! ހޯނޑެއްދޫ އިން ކޮވިޑަށް ފައްސިވީ މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން ބަލިން ރަނގަޅުވެއްޖެ

ގދ. ހޯނޑެއްދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހުން ތެރެއިން 44 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
އެރަށުން ޖުމްލަ 45 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، މިހާރު ބަލިން ރަނގަޅު ނުވެ ހުރީ އެންމެ މީހެކެވެ.
ހޯނޑެއްދޫ ސިއްހީ މަރުކަޒުން ރޭ ހާމަކޮށްފައިވާ ގޮތުގައި އެރަށުން ބައްޔަށް ފައްސިވި 45 މީހުން ތެރެއިން 44 މީހަކު ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި އެންމެ މީހަކު ހުރިއިރު މޮނިޓަރިންގެ ހާލަތުގައި ހުރީ އެންމެ ގެއެކެވެ.
އެރަށުން މިހާތަނަށް އެކްޓިވް ސަރވައިލަންސްގެ ދަށުން 462 ސާމްޕަލްއެއް ވަނީ ނަގާފައެވެ. މީގެ ތެރެއިން 343 ސާމްޕަލް އެއް ނައްސިވެފައިވާއިރު، 74 ސާމްޕަލް ގެ ނަތީޖާ އަދި ނުލިބެއެވެ.