ޚަބަރު ސަރުކާރު

މަޑުއްވަރީގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް ބަހައްޓަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ

ރ. އަތޮޅު މަޑުއްވަރީގައި 344 ކިލޯވޮޓް ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމަކާ އެކު 400 ކިލޯވޮޓްޕީކްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

Ads by STELCO

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ނިޒާމް ބޭނުންކުރަން ފެށުމުން އަހަރަކު 187،902 ލީޓަރުގެ ޑީސަލް ބޭނުންކުރުން މަދުވެ، 460 ޓަނުގެ ކާބަން ޑައިއޮކްސައިޑް ވައިގެ ތެރެއަށް ދޫކުރުން ހުއްޓުވޭނެކަމަށާއި އަދި ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން 2028ވަނަ އަހަރު ނޮވެންބަރަށް ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ބޭނުންވާ އަމާޒާ އެއްގޮތަށް ކަންކަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށާއި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ޖުމްލަ %33، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!