Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޝަރުޢީ ދާއިރާ

ރަސޫލާގެ ސުންނަތުން ސާބިތުވާ ''ކަމެއް'' ކުށަކަށް ހަދައި ދަޢުވާ އުފުލައިިފި

ރަސޫލާގެ ސުންނަތުން ސާބިތުވާ ''ކަމެއް'' ކުށަކަށް ހަދައި ދަޢުވާ އުފުލައިިފި

ކީރިތި ރަސޫލާގެ ސުންނަތުގެ ތެރެއިން އައިސްފައިވާ ކަންކަމުގެތެރޭގައި ހިމެނޭ ކަމެއް ކުރިކަމަށް (އަމާޒަށް ތީރުޖަހަން ދަސްކުރުމުގެ ތުހުމަތުގައި) ބުނެ މީހަކަށް ދަޢުވާ އުުފުލައިފިއެވެ.

ތ.ތިމަރަފުށީ ކެނެރީގޭ ޢަލީ މުނީޒުގެ މައްޗަށް ދައުލަތުން އުުފުލާފައިވާ އެއް ދަޢުވާއަކީ, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދަޢުވާއެވެ. ދަޢުލަތުން ބުނީ 2019 ގެ ކުރީކޮޅުން ފެށިގެން އޭނާ ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމާއި, އަމާޒަށް ތީރުޖެހުމުގެ ތަމްރީނު ލިބިގަތުމާއި, ތ.ކަނިމީދުއަށް ގޮސް ވެސް އަމާޒަށް ތީރުޖެހުމާއި, ރާޅާ ދެކޮޅަށް ފަތަން ދަސްކޮށް, ތަންތަނަށް އެރުމުގެ އުކުޅު ދަސްކުރި ކަމަށެވެ. އެ ދަޢުވާއަށް އޭނާ އިންކާރު ކުރެއެވެ.

ޢަލީ މުނީޒް, 28, އާއި އިތުރު ބަޔަކު ހައްޔަރުކުރީ ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައެވެ.

Advertisement
Allied Insurance — Square (box)

ދައުލަތުން މުނީޒުގެ މައްޗަށް ދެން އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ދަޢުވާއާއި, ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާތަކަށް ވެސް އޭނާ އިންކާރު ކުރެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ މުނީޒުގެ މައްޗަށް ކުރާ ދަޢުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑަައަޅުއްވައި, ލިޔުމުން ދިފާޢީ ހެކި ހުށަހަޅަން މުނީޒަށް ފަސް ދުވަސް ދީފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް