ރައްޔިތުންގެ މަޖިލިސް

މުހިންމު 3 ބިލެއް ހުށަހެޅުން: ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ:މަޖިލިސް

ސަރުކާރުގެ ފަރާތުން މުހިންމު ތިން ބިލެއް މަޖިލީހަށް ހުށަހަޅައި، އެ ބިލުތަކުގެ މަސައްކަތްތައް ކުރުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

Ads by STELCO

ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަށް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތަކަކީ:

  • ސަރުކާރުގެ ފަރާތުން, އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު.
  • ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު.
  • ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހަޅުއްވައިފައިވާ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ދައުރު ފެށުމަށް ހަމަޖެހިފައި އޮންނަނީ ފެބްރުއަރީ މަހުގައެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވާ ތާރީޚެއް މަޖިލީހުން ހާމައެއް ނުކުރެއެވެ. ފާއިތުވި އަހަރު މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނީ ޑިސެމްބަރު މަހުގެ 3ވަނަ ދުވަހުއެވެ.