ވިޔަފާރި

މިފްކޯއިން އެކްސްޕޯޓްކުރާ މަހަށް ލިބޭ އަގު މަތިކޮށްފި

ފާތިމަތު އަފްނާން ، ދެން އޮންލައިން

މިފްކޯގެ މިހާރުގެ މެނޭޖުމަންޓުން ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ އެކު ކުރި މަސައްކަތުން ރާއްޖޭގެ މަހަށް ބޭރުން ލިބޭ އަގު ބޮޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by STELCO

މިފްކޯގެ މަސައްކަތްތަކާ ބެހޭ ގޮތުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީނިއަރ ކޮންސެލްޓެންޓް އާތިފު ޝަކޫރު ވިދާޅުވީ މިދިޔަ ހަ މަސް ތެރޭ ނަމްބަރުން ކިޔައިދެވޭ ވަރުގެ ބަދަލެއް ގެނެވިފައިވާ ކަމަށެވެ. މިގޮތުން ގެނެވުނު ބަދަލުގެ ތެރޭގައި މަސް ގަންނަ ފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކުގެ ޓަނަކުން 50 ޑޮލަރު ވަނީ ހެޔޮކޮށްފައެވެ. މިއީ އެ ކުންފުނިން އެކްސްޕޯޓް ކުރާ މަހަށް ބަލާއިރު ބޮޑުތަނުން ސޭވް ވެގެންދާނެ ކަމެއް ކަމަށް އާތިފު ވިދާޅުވިއެވެ.

"ދުނިޔޭގެ ބާޒާރުގައި މަސް ވިއްކާ އަގު ބަދަލު ކުރެވިއްޖެ. ގާތްގަނޑަކަށް [ޓަނެއް ވިއްކާ އަގު ] 1506 ޑޮލަރުން ފެށިގެން 1620 ޑޮލަރާ ހަމައަށް މައްޗަށް އުފުލިއްޖެ. މިހެން ބުނާއިރު ވެސް މި ސިނާއަތުގައި އުޅެފައި ހުރި މީހެއްގެ ގޮތުން އެއްވެސް އެއްގައުމަކަށް މަހުގެ ބާޒާރު ކޮންޓްރޯލެއް ނުކުރެވޭނެ. ނަމަވެސް ކަޅުބިލަ މަހުގެ ރޯދީގައި މިއީ ދޮށީގެ މަސްވެރިކަމެއް. އެހެންވެ މި މަހަށް ފެން ބޮވައިގެންފައި ތިބި ބައެއް އެބަތިބި. އެމީހުން ވެސް މި މަސް ބޭނުންވޭ. އެގޮތުން ކުރެވުނު މަސައްކަތުން މަހުގެ އަގު ބޮޑު ކުރެވުނީ،" އާތިފު ވިދާޅުވ އެވެ.

އޭނާ ވިދާޅުވީ މިފްކޯއިން ޔޫކޭ ބާޒާރު އޮތީ މިދިޔަ ޖުލައިގެ ނިޔަލަށް އެއްކޮށް ވަނީ ބަންދުވެފައި ކަމަށާއި ނަމަވެސް މި އަހަރުތެރޭގައި އެ ބާޒާރު ވެސް ހުޅުވޭނެ ކަމަށެވެ.

"މިއީ މިފްކޯ ހެޔޮކޮށް ރަނގަޅަށް ތެދުވަން ކުރި ބައެއް މަސައްކަތް،" އާތިފު ވިދާޅުވިއެވެ.

Ads by HDC