ދީނުގެ ދިފާޢުގައި ބަސްބުނުމުގެ ޙައްޤު މުސްލިމު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވޭ: ނިހާން
މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމު އަންނާނީ އެންމެ ކުރިއަށް ކަމަށާއި އިސްލާމް ދީނުގެ ދިފާޢުގައި ބަސްބުނުމުގެ ޙައްޤު އޮންނަން ޖެހޭނީ ވަކި ސިޔާސީ ޕާޓީއެއްގައި ހިމެނޭ ވަކި ބަޔަކަށް ނޫން ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރާ ދެކޮޅަށް ނުކުތް މަދަނީ އިއްތިހާދުން އޭރު ފެށި މަގުމަތީ ހަރަކާތްތަކަކަށް ދިވެހިން އަލުން ތައްޔާރުވާން ޖެހޭ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކަށް ސަރުކާރުގެ ސަޕޯޓަރުންގެ ފާޑުކިއުންތައް އަމާޒުވަމުން ދަނިކޮށެވެ.
ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މުސްލިމް ކޮންމެ ރައްޔިތަކަށްވެސް ދީނުގެ ދިފާޢުގައި ބަސްބުނުގެ ޙައްޤު ލިބިގެންވާ ކަމަށާއި، ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ އާއި އެ ޕާޓީ ބައިވެރިވާ ކޯލިޝަން އަންނާނީ ދީނާއި ޤަައުމުގެ ފަހަރަށް ކަމަށެވެ.
ސަރުކާރަށް ފާޑު ވިދާޅުވެ، މާލެ މަގުމަތީގައި މަސްތުގެ ހާލަތުގައި ހުރި އިންޑިއާ މީހަކު ދީނަށް ފުރައްސާރަކޮށް ރާއްޖޭގެ ކޯޓުތަކުގެ ކޮންޓްރޯލް ވެސް އޮތީ އެ މީހުންގެ އަތް ދަށުގައި ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯ ހިއްސާ ކުރައްވަމުން، ނިހާން މިއަދު ވަނީ އިތުރު ޓްވީޓެއް ކުރައްވާފައެވެ. މިޓްވީޓްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި އުޅޭ ލާދީނީ ބައިގަނޑު އަޑީގައި ތިބެގެން الله އާއި ރަސޫލާ އަށް މިފަސްގަނޑުގައި ހަޖޫ ޖަހާ، އިސްލާމް ދީނަށް ފުރައްސާރަ ކުރާ ތަން ދިވެހި މުސްލިމުން ބަލަން ނުތިބޭނެ ކަން 23 ޑިސެމްބަރު 2011 ވާނީ ސާފުކޮށް ދައްކާފައި ކަމަށެވެ.
ނިހާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމްގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެކަމަކު ސަރުކާރު ބަދަލުވި ފަހުންް ޕީޕީއެމް ދޫކުރައްވައި ޖޭޕީއަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރޭގައި އޭނާ ހިމެނި ވަޑައިގަންނަވައެވެ.
ބަލަ! ކޯލިސަން ރޫޅިދާނެޔޭ!