ޚަބަރު ދިވެހި ސިނަމާ

ކުޑަކުދިންތަކަކާ ބެހުނު މައްސަލައެއް ވަނީ ހުށަހަޅާފަ، އެކަމަކު އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ދެ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ބަދު އަޚްލާގީ އަމަލު ހިންގި ދެމީހެއްގެ މައްސަލަ ހުށަޅާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ފުލުހުން މިއަދު ވިދާޅުވީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ދެ ކުއްޖަކާއެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަަޚްލާގީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 3 އޮކްޓޯބަރ ވީ ހޮނިހިރު ދުވަހުގެ 16:00 ކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ވެހިކަލަށް ދެމީހަކު އަރުވައިގެން ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ވަނީ އަމިއްލަ ރައްކާތެރިކަމަށް އެދުމުން ކަމަށް ފަހުން ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރިހޫ އަދި ޔުނާން ގެ މައްޗަށް ޔުނާންގެ އާއިލާއިން ކޮށްފައިވާ ތުހުމަތާއި ގުޅިގެން މިއަދު ހަވީރު އެގޭ ކައިރިއަށް ގިނަ އަދަދެއްގެ މީހުން ވަނީ އެއްވެ އަޑުގަދަ ކޮށްފައެވެ.

ފުލުހުންގެ ކާރަށް އެދެމީހުން އަރުވާއިރު، އެމީހުން "މަރާލަން" ވެސް ބަޔަކު ގޮވި އަޑު އެމަންޒަރު ދައްކުވައިދޭ ވީޑިއޯއިން ވަނީ އިވިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!