Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

މީހެއްގެ އެކައުންޓުން ވަގަށް 180,000 ރުފިޔާ ޓްރާންސްފާކުރި މައްސަލައެއްގައި އަންހެނަކު ހޯދަނީ

މީހެއްގެ އެކައުންޓުން ވަގަށް 180,000 ރުފިޔާ ޓްރާންސްފާކުރި މައްސަލައެއްގައި އަންހެނަކު ހޯދަނީ

އެކައުންޓުގެ ވެރިފަރާތަށް ނޭނގި ގިނަ ޢަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ ކަމަށްތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިިއުލާނުކޮށްފިއެވެ.

މި މައްސަލައިގައި ހޯދަމުންދަނީ އަންހެނެކެވެ.

އެ އަންހެން މީހާގެ ފޮޓޯ ޢާންމުކޮށް ފުލުހުން މިއަދު ވިދާޅުވީ އޭނާއަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި 180,000 އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން ވިދާޅުވީ އޭނާއަކީ ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ. އެހެންކަމުން އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް