Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

“ރިއެކްޓް” ނުކުރާނެ ކަމަށް ވިދާޅުވެ، ރައީސް ޞާލިޙް ރަނގަޅުކޮށްދެއްވީ ނަޝީދުގެ ވާހަކަފުޅުތައް

“ރިއެކްޓް” ނުކުރާނެ ކަމަށް ވިދާޅުވެ، ރައީސް ޞާލިޙް ރަނގަޅުކޮށްދެއްވީ ނަޝީދުގެ ވާހަކަފުޅުތައް
މި ސަރުކާރަކީ ކަންކަމުގައި “ރިއެކްޓް” ކުރާ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. އެމްޑީޕީގެ މައި ޖަގަހައިގައި މިހާރު ކުރިއަށްދާ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރައީސް ނަޝީދަކީ އިދިކޮޅު މީހެއް ނޫންކަމަށާއި، ސިޔާސީ ވާދަވެރިއެއް ކަމަށްވާތީ އެމަނިކުފާނު ދައްކަވާ ވާހަތަކަށާއި ކުރައްވާ ކަންކަމަށް މާބޮޑަށް ރިއޭކްޓް ކުރަން ބޭނުން ނުވާކަމަށެވެ. އަދި އެމަނިކުފާނު ނިކުމެ ހުރީ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށްދޭން ކަމަށާއި ރިއެކްޓެއް ނުކުރި ނަމަވެސް ބައެއް ކަންކަމަށް އެމަނިކުފާނު ރެސްޕޮންޑް ކޮށްފައިވާނެ ކަމަށެވެ.
”އެހެންވީމާ އަޅުގަނޑު މިހާތަނަށް މިއައީ އެބޭފުޅުން އެވިދާޅުވާ ރިއެކްޓް ނުކޮށް، އެހެން ނަމަވެސް ބައެއް ކަންތައްތަކުގައި ރެސްޕޮންޑު ކުރެވޭ” ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ދަރަންޏާއި ގުޅޭގޮތުން ދެއްކެވި ވާހަތަކަކީ ސިޔާސީ މަންފާއަށް ދެއްކެވި ވާހަތަކެއް ކަމަށާއި ކަންބޮޑުވާ ދަރަޖައަށް މިއަހަރު ދަރަނި ދައްކަން ޖެހޭކަމަަށް އެނގިފައިނުވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"ފާޑުކިޔަސް ވަރިހަމަ. ކިތަންމެ ވަރަކަށް ވެސް ފާޑުކިޔަންވީ. އެކަމަކު ރައްޔިތުންނަށް އޮޅުވާނުލައްވަން އަޅުގަނޑު އެދެން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނު ކަންތައްތައް ނިންމަމުން ގެންދަނީ ކެބިނެޓާއި، މަޖިލީހާއި ޕާޓީ އާއި މެމްބަރުންގެ އަޑުއެހުމަށްފަހު ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށެވެ. އެމަނިކުފާނު އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް