ޚަބަރު

ވަޒީރުކަން ލިބުނީ ވަކި މީހެއްގެ އަނތްބަކަށް ވެގެނެއް ނޫން- ނަހުލާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތީ އެކަމަނާ އަކީ ވަކި މީހެއްގެ އަނތްބަކަށް ވެގެން ނޫން ކަމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެކަމަނާ މިހެން ވިދާޅުވީ މިރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވަޒީރުކަން ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަށް ވުމުންތޯ އާންމުން ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލުގެ ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ވަކި ބޭފުޅެއްގެ އަނތްބަކަށް ވުމުގެ އެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެ ކެބިނެޓަށް އައްޔަން ކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މިނިސްޓަރު ނަހުލާ އަކީ ވިޔަފާރިވެރިޔާއާ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމްގެ ތިން ވަނަ އަނބިކަނބަލުންނެވެ. ޖުމްހޫރީ ޕާޓީއަކީ މި ކޯލިޝަން ވެރިކަމުގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީއެވެ.

ނަހުލާގެ ނަންފުޅު ޖުމްހޫރީ ޕާޓީން ރައީސް ސޯލިހަށް ހުށައެޅުއްވީ ވެސް މި ސަރުކާރު ގެނައުމަށް އިސްކޮށް ހަރަކާތްތެރިވި ގާސިމް އިބްރާހިމްކަން ފާހަގަ ކޮށްލެވެއެވެ.

Ads by HDC
  1. ނޖިކދ

    ލޮލް