ޚަބަރު

ހޮހޮޅަވީ ރަންބިސްއަޅާ ކުކުޅަކަށް:މުޙައްމަދު އިސްމާޢީލް

ދެން އެމްވީ ، ދެން އޮންލައިން

އިބްރާހީމް މުހައްމަދު ސާލިހް ރައީސްކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގައި ސިފަ ކުރެއްވި “ހޮހޮޅަ”ވީ ރަންބިސްއަޅާ ކުކުޅަކަށް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެޅުއްވި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭނުމެއް ނުހިފޭ ، ހޮހޮޅައެއްގެ ގޮތުގައި ކުރީގެ އިދިކޮޅު ފަރާތްތައް ސިފަ ކުރެއްވިއެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ސާލިހް އާންމުންގެ ކިބައިން އެދި ވަޑައިގަތީ “25 ބުރީގެ ހޮހޮޅައިގެ ދަޅައިގައި ނުހެއްލި ބަދަލުގައި ބައިވެރިވާށެވެ.”

ރައީސް ސާލިހް ވިދާޅުވި މި ބަސްފުޅުގެ ޚަބަރެއް ހިއްސާ ކުރައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ ‌މި ސަރުކާރުން ފައިސާ ހޯދަން ވެސް ފެނުނީ 25 ބުރީގެ ހޮހޮޅަ ކަމަށެވެ.

މުޙައްމަދު އިސްމާއިލް މިހެން ވިދާޅުވިއިރު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމަށް ސަރުކާރުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް 300 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ އަގުމަގު ކުރުމަށް ފިނޭންސް މިނިސްޓަރ އަމީރު ވަނީ ހައުސިން މިނިސްޓަރ އަސްލަމަށް އަންގަވާފައެވެ. އަމީރު ލަފާ ކުރައްވާ ގޮތުގައި އެ ހޮސްޕިޓަލްގެ އަގަކީ 600 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ރަހުނު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް އަމީރު ވަނީ އެ ހޮސްޕިޓަލްގެ ރަޖިސްޓްރީ ފިނޭންސް މިނިސްޓްރީއަށް ބަދަލު ކުރުމަށް ވެސް ރައީސް އޮފީހުގައި އެދިފައެވެ.

 

 

Ads by HDC
  1. ލާލް ސިންގް

    މުޅި ގައުމު ވިއްކާ ހުސްކޮއްފި ރީދޫ ބައިގަނޑުތައް

  2. ދޮން ހުސޭނު

    ތިހެން ނުހަދާ ހެޔޮނުވާނެ