ޚަބަރު

ޕޯލެއްގެ ނަތީޖާ: ރާއްޖޭގައި ހަނީމޫން ހޭދަކުރާ އިނގިރޭސިން ވަރިވުމުގެ ފުރުސަތު ބޮޑު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ހަނީމޫން ހޭދަ ކުރާ އިނގިރޭސިވިލާތު ރައްޔިތުން ވަރިވުމުގެ ފުރުސަތު ބޮޑުކަމުން ބޭރު ނޫހަކުން ހެދި ޕޯލް އަކުން ދައްކައިފިއެވެ.

Ads by STELCO

"ޑެއިލް މެއިލް" އިން ބުނެފައިވަނީ ކައިވެނި ރޫޅިފައިވާ އިނގިރޭސިވިލާތުގެ 3،100 މީހުންނާއި ސުވާލު ކުރިއިރު، އޭގެތެރެއިން 20 އިންސައްތަ މީހުން ހަނީމޫން ހޭދަކުރަން އައިސްފައިވަނީ ރާއްޖެއަށެވެ.

މިޕޯލްގެ ނަތީޖާއާއި ރިޕޯޓުތަކަށް ބަލާއިރު އިނގިރޭސިވިލާތުން ކައިވެނިކޮށްގެން ހަނީމޫން ހަދަން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސް، ފަހުން ކައިވެނި ރޫޅިފައިވި ކަމުގައި ވިޔަސް، ރާއްޖޭގައި އެމީހުން ހޭދަކުރީ ވަރަށް އުފާވެރި ވަގުތުތަކެއް ކަމަށް ޚުދު އެމީހުން ވެސް އެއްބަސް ވެފައިވެއެވެ. އަދި އެމީހުން ޒިޔާރަތްކުރި އެހެން ހުރިހާ ޤައުމަކަށްވުރެ ރާއްޖެ ރީތިކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

ކައިވެނި ކޮށްގެން ހަނީމޫން ހޭދަކުރަން ރާއްޖެ އަންނަ ފަތުރުވެރިންނަށް ބަލާއިރު، އިނގިރޭސިވިލާތުން އައިސްފައިވާ ފަތުރުވެރިން ގިނަކަން ފާހަގަވެއެވެ.

ހަނީމޫނަށް އައުމުގެ އިތުރުން އިނގިރޭސިވިލާތުން ގިނަ ފަތުރުވެރިންތަކެއް އަބަދުވެސް ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ބޯޑަރުތައް ބަންދު ކުރުމަށްފަހު، އަލުން ހުޅުވުމުން ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.

އެގޮތުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، އިނގިރޭސވިލާތުން 4،468 ފަތުރުވެރިން ރާއްޖޭ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Ads by HDC
  1. ޒިމްޒިމް

    އެހެންނުވާނީ އާބާދީގެ ނިސްބަތުން އެންމެ ވަރިގިނަ ޤައުމްމީ..